ރާއްޖެ ވަޑައިގެން އެމެރިކާގެ މަންދޫބު، ސާޖިއޯ ގޯރ އާއެކު މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
މިނިސްޓަރީ އޮފް ފޮރިން އެފެއާޒް އިން އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ މިއަދު މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ހަލީލް ރާއްޖެ ވަޑައިގެން އެމެރިކާގެ މަންދޫބާއެކު މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވާކަމަށެވެ.
އެމެރިކާގެ މަންދޫބު ވަނީ މާޗް 19 ވަނަ ދުވަހުން 24 ވަނަ ދުވަހަށް އިންޑިއާ ކަނޑުގެ ސަރަހައްދަށް ދަތުރުކޮށްފައެވެ. އެގޮތުން ރާއްޖެއަށާއި ސްރީލަންކާ އަށް އޭނާ ވަނީ ދަތުރުކޮށްފައެވެ.
ސްރީ ލަންކައަށް ކޮށްފައިވަ ދަތުރުގައި އޭނާ ވަނި ސްރީ ލަންކާގެ އިސް ލީޑަރުންނަށް ބައްދަލުކޮށް، އެމެރިކާއާއި އެ ގައުމުގެ ދެމެދު އޮންނަ ގުޅުމުގެ މުހިންމުކަން އަލުން ކަށަވަރުކޮށްދީ، މުހިންމު ދާއިރާތަކުގައި އެއްބާރުލުން ހަރުދަނާކުރުމާމެދު މަޝްވަރާކޮށްފައެވެ. އަދި އެ ބައްދަލުވުމުގެ ސަބަބުން ކަނޑުގެ މުހިންމު މަގުތަކާއި، ބަނދަރުތައް ރައްކާތެރިކުރުމާއި، ދެފަރާތަށް ފައިދާހުރި ވިޔަފާރީގެ ގުޅުންތައް ވަރުގަދަކުރުމާއި، ދެ ގައުމުގެ ފައިދާއަށް މިނިވަން ކަން ބޮޑު އަދި ތަނަވަސް އިންޑޯ-ޕެސިފިކް ކުރިއަށް ގެންދިއުމަށް އެމެރިކާއިން ކުރާ މަސައްކަތަށް ތާއީދު ލިބިފައިވާކަމަށް މައުލުމާތުދެއެވެ.
މީގެ އިތުރުން ރާއްޖެއަށް ކޮށްފައިވާ ދަތުރުގައި، ރާއްޖޭގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކޮށް، ދެގައުމުގެ ގުޅުން ދަމަހައްޓަން އެމެރިކާއިން ކުރާ މަސައްކަތްތައް އަލުން ކަށަވަރުކޮށް، ސަލާމަތީ އެއްބާރުލުން ކުރިއެރުވުމާއި، ރާއްޖޭގެ އިންފްރާސްޓްރަކްޗާ ކުރިއެރުވުމާއި، އިގްތިސާދު ފުޅާކުރުމަށް ކުރާ މަސައްކަތަށް އެހީތެރިވުމުގެ ފުރުސަތުތައް ހޯދުމުގެ އިތުރުން 60 އަހަރުގެ ޑިޕްލޮމެޓިކް ގުޅުންތައްކުގެ ހަނދާން އާކޮށް މަޝްވަރާކޮށްފައިވާކަމަށް ބުނެއެވެ.
ރާއްޖެއާއި ސްރީލަންކާ އާއެކު އެކު ދެމިއޮތް ޕާޓްނާޝިޕްތަކާއި، ސަރަހައްދީ ސަލާމަތާއި ހަމަޖެހުމަށް އެމެރިކާ އިން ހިއްސާކުރާ މަސައްކަތްތައް އެމެރިކާއިން ބަލައިގަންނަ ކަމަށާއި އެކަން ކަމަށް ޓަކައި ޝުކުރުވެރިވާކަމަށް މި ބައްދަލުވުންތަކުގައި ފާހަގަކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ކުރައްވާފައިވާ ވައުދާ އެއްގޮތަށް ބާއްވާފައިވާ 2 ވަނަ ބައްލަުވުމުގައި ވިދާޅުވީ މެދު އިރުމަތީގެ ހަނގުރާމައާއި ގުޅިގެން އެއްވެސް ވާހަކައެއް އެމެރިކާއާއި އެކޮށް މަޝްވަރާ ނުކުރައްވާނެ ކަމަށެވެ. އެގޮތުން އެމެރިކާގެ މަންދޫބު ރާއްޖެ އައިސް، ފުރައިގެން ދިޔައީ ރައިސް އަށް ބައްދަލު ނުކޮށެވެ.