ސްޓެލްކޯގެ ކަރަންޓުގެ ވިއުގައިގައި ހިމެނޭ ޓްރާންސްފޯމަރެއް އޮފް ވުމާއި ގުޅިގެން، ވެސްޓްޕާކް ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެއެވެ.
ސްޓެލްކޯއިން މިކަން ހާމަކޮށްފައި ވަނީ އެ ކުންފުނިން އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ސްޓެލްކޯ އިން ކުރި ޕޯސްޓުގައި ބުނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގައިގައި ހިމެނޭ ޓްރާންސްފޯމަރެއް އޮފް ވުމާއި ގުޅިގެން، ވެސްޓްޕާކް ސަރަހައްދުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ކަމަށެވެ.
އަދި ދިމާވި މައްސަލަ ދެނެގަނެ، ހައްލުކޮށް ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ސަރަހައްދަށް ވީއެންމެ އަވަހަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރަމުން ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
ސްޓެލްކޯ އިން ވަނީ ހިދުމަތް މެދުކެނޑިފައިވާ ވަގުތުގައި ދިމާވާނެ ދަތިތަކަށް މަޢާފަށް އެދިފައެވެ.