ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ " ގޯތިގެދޮރު" ޕްރޮގްރާމުގެ "ބިންވެރިޔާ" ހާއްސަ ސްކީމަށް ފޯމު ހުށަހެޅުމަށް ހުޅުވާލަން ނިމްމައިފިއެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ ފޯމު ހުށަހެޅުމަށް 1 އޭޕްރިލް އިން ފެށިގެން 30 އެޕްރީލަށް ހުޅުވާލާނެ ކަމަށެވެ.
"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ " ގޯތިގެދޮރު" ޕްރޮގްރާމުގެ "ބިންވެރިޔާ" ހާއްސަ ސްކީމަށް ފޯމު ހުށަހެޅޭނެ 2 ކެޓަގަރީއެއްވާ އިރު ފުރަތަމަ ކެޓަގަރީ އަކީ ބިންވެރިޔާ ސްކީމުގެ ދަށުން ޖޮއިންޓް އެލެކްޝަން ހުށަހަޅައި ގޯތިލިބިފައިވާ ފަރާތްތަކެވެ. އަދި ދެވަނަމަ ކެޓަގަރީ އަކީ ސަރުކާރުން ހިނގާފައިވާ އަސާސީ ބޯހިޔާވެިކަމުގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮވެގެން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު ފަރާތްތައްކެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ބުނީ އޭޕްރިލް 1 ވަނަ ދުވަހުގެ 11:00 އިން ފެށިގެން އޭޕްރިލް 30 ވަނަދުވަހުގެ 23:59 ގެ ނިޔަލަށް ފޯމު ހުށަހެޅޭނެ ކަމަށެވެ.