ދުރުރާސްތާ އަށް ވިސްނައިގެން އަޅާ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގައި ނޭޝަނަލް އޮއިލް ރިޒާވެއް ގާއިމުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.އެގޮތުން ރައީސް ވިދާޅުވީ، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު ފަދަ މުހިންމު ވަސީލަތެއްގެ ގޮތުގައި ތެލުގެ ރިޒާވެއް އޮތުމަކީ ގައުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ ކޮންމެ ސަރަހައްދެއްގައި ވެސް އޮއިލް ރިޒާވް ގާއިމުކުރުމަށް ގާތްގަނޑަކަށް ދޮޅު އަހަރާއި ދެ އަހަރުގެ މުއްދަތެއް ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި އެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ ފަސް އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ކަމަށެވެ.
މީގެ އިތުރުން ތެލަކީ އެންމެ ބޮޑަށް ދިވެހިން ބުރަވާންޖެހޭ އެކައްޗަކަށް ވާއިރު، އޮއިލް ރިޒާވް ގާއިމުކުރުމުގެ މަސައްކަތް މުހިއްމު ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ތަފްސީލް އަންނަނީ..