މުސްލިމުންގެ މެދުގައި ތަފާތު ފިކުރުތަކަށް ނިސްބަތްކޮށް ނަންނަމުން މުޚާތަބު ކުރަނީ އުންމަތް ބައިބައި ކުރުމަށް ކަމަށް ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް މައުމޫން ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، "މިއީ ސުންނީ މުސްލިމެކޭ، ޝީޢާ މުސްލިމެކޭ ނުވަތަ ސަލަފީ މުސްލިމެކޭ" ވިދާޅުވެ ވަކިވަކި ގިންތިތަކަށް މުސްލިމުން ބަހާނުލުމަށެވެ.

"އަޅުގަނޑުމެންނަކީ ހައްތާވެސް މުސްލިމުންނެވެ. އެއީ އަޅުގަނޑުމެން ބައިބައިކުރަން ޢަދުއްވުން ކިޔާހާ އެއްޗިއްސެވެ."

މީގެ އިތުރުން ރައީސް މައުމޫން ވިދާޅުވީ މުސްލިމުންގެ މެދުގައި މިފަދަ ތަފާތު ނަންތައް ބޭނުންކުރުމަކީ އިސްލާމީ އުންމަތް ބައިބައިކުރުމަށްޓަކައި ދީނުގެ ޢަދުއްވުން ކުރަމުންދާ މަސައްކަތެއް ކަމަށެވެ.