މެދުއިރުމަތީގައި މިހާރު ހިނގަމުން އަަންނަ ހަނގުރާމަ އެއް މަހަށް ދެމިގެން ގޮސްފައިވާތީ 85 މިލިއަން ޑޮލަރާއި 90 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއްގެ ގެއްލުން ރާއްޖެ އަށް ވާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ވަޒީރު މޫސާ ޒަމީރު މިހެން ވިދާޅުވީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް ކުރާ އަސަރު ކުޑަކުރުމަށް އެކުލަވާލާފައިވާ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާކުރައްވަމުންނެވެ.
ވަޒީރު ޒަމީރު ވިދާޅުވީ ހަރަދުކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މަޝްރޫއުތަކުގެ ތާވަލުތަކަށް ބަދަލުތަކެއް ގެންނަން ޖެހިދާނެ ކަމަށެވެ. ނަަމަވެސް ބޯހިޔާވަހިކަން އަދި ސިއްހީ ދާއިރާގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހާއްސަ އިސްކަމެއްދޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެންމެ ފުރަތަމަ މިއަދު ހެނދުނުވެސް އަޅުގަނޑުމެން ރައީސުލްޖުމްހޫރިއްޔާއާ އެކު މި ކޮމިޓީގެ ފަރާތުން ބައްދަލުކުރިން. ބައްދަލުކޮށްފަ އަޅުގަނޑުމެން މިދިޔަ ހަފްތާގަ ބްރީފް އަރުވާ އަދި އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ލަފަޔާ އިރުޝާދުނެގިން.އެންމެ ފުރަތަމައިނުންވެސް ރައީސް މި ވިދާޅުވަނީ މި ހަނގުރާމަ ދިގުލައިގެން ދިޔަ ކަމުގައި ވިޔަސް ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ޚިދުމަތްތަކާ ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކާ ކަންކަމަށް ބުރޫ ނާރާނެ ގޮތަށް ގައުމުގެ ކަންތައް ރޭވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.އޭގެ ތެރޭގައި ބޭހާއި ކާޑާއި ތެލާއި އަދި ރާއްޖޭން ބޭރުގައި ކިޔަވަންތިބި ކުދިންނަށް އަޅުގަނޑުމެން ފޮނުވަންޖެހޭ ސްޓައިޕެންޑާއި ކޯސްފީތައް ފޮނުވުމުގެ ކަންތައްތައް ހަމަޔަކަށް އެޅުވޭނެ ގޮތަށް ކަންތައްތައް ބައްޓަންކޮށްގެން ގެންދިޔުން. ދެން މިއޮތީ ކޭޝް ފްލޯގެ ވާހަކަ ވިދާޅުވި. އަޅުގަނޑުމެންގެ މިހާރު މިދިޔަ ބަންދު ދުވަސްތަކެއް މިދިޔައީ އެހެންވީމަ އަސްލު ކޭޝް ފްލޯ އަޅުގަނޑުމެންގެ ފޯކާސްޓާ ހަފްތާއެއްހާ ދުވަހުން އަޅުގަނޑަށް ހީވަނީ އެކްޗުއަލް އެއް ނެރެވޭނެހެން.އެކަމަކު މިހާރު އަޅުގނަޑުމެންގެ ފޯކާސްޓަކީ އެއްމަސްދުވަހަށް ހަނގުރާމަ ދިގުލައިގެން ގޮސްފިކަމުގައި ވެއްޖިއްޔާ 85 މިލިއަން 95 މިލިއަން ރޭންޖުގަ އެމްއެމްއޭއާ އަޅުގަނޑުމެންނާ މީރާއާ އެއްބަސްވެފަ އެއޮތީ އެވަރު ވާނެ ކަމަށް ހަމައެކަނި ގަވަމަންޓްގެ ރެވެނިއު
ވަޒީރު މޫސާ ޒަމީރުމީގެ އިތުރުން ވަޒީރު ވިދާޅުވީ ތެލަށް ކުރާ ހޭދަ ބޮޑުވުމުގެ ސަބަބުން، އިތުރަށް މަލްޓިލެޓްރަލް ޕާޓީތަކުން އިތުރު ފައިނޭންސް ހޯދަން ޖެހިދާނެ ކަމަށާއި އެކަމުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި މަސްވެރިކަން އިތުރަށް ފުޅާކުރުމަށްޓަކައި ކަންކަން ރާވަމުން އަންނަ ކަމަށާއި އެގޮތުން ކަޅުބިލަ މަހާއި ކަންނެލީގެ މަސްވެރިކަން ކުރާ މީހުންނަށް ހެޔޮ އަގެއްގައި ތެޔޮ ފޯރުކޮށްދިނުމަށް ސަބްސިޑީއެއްގެ ތެރެއިން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ޒަމީރު ވިދާޅުވި އެވެ.