ވައިގެ މަގުން ރާއްޖެއެތެރެކުރަން އުޅުނު 11 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން މިއަދު ބުނީ އެ ތަކެތި އަތުލައިގެންފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު ކަމަށެވެ.

ކަސްޓަމްސް އިން ބުނީ އަތުލައިގަތް 11 ކިލޯގެ މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ ކެނަބިސް ފަތާއި ހަޝިޝް އޮއިލް ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަތީ 5،370 ގްރާމުގެ ކެނަބިސް ފަތާއި 6،590 ގްރާމުގެ ހަޝިޝް އޮއިލް އެވެ.

އެ ތަކެތީގެ އަގު 9.6 މިލިއަން ރުފިޔާ އަށް ވުރެ މަތި ކަމަށް ކަސްޓަމްސް އިން ހާމަކުރެއެވެ.

ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.