ރިސޯޓެއްގެ ޕޫލަކަށް ވެއްޓި 2 އަހަރުގެ ކުއްޖަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ދެ އަހަރުގެ ފިރިހެން ކުއްޖާ ނިޔާވެފައިވާކަމަށެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ރޭ ދަންވަރު 12:54 އެހައިކަންހާއިރުއެވެ.
މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ކާފު އަތޮޅުގެ ރިސޯޓެއްގެ ޕޫލަށް ވެއްޓި އެ ކުއްޖާ ގެނބިގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.