ބީއެމްއެލް އެފޯޑަބަލް ހައުސިން މަޝްރޫޢުގެ ދަށުން ބޯހިޔާވަހިކަން ގަނެވޭނީ އަމިއްލަ ބޯހިޔާވަހިކަމެއް ނެތް އަދި އެމީހުންނަކީ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ޝަރުތުހަމަވާ މީހުންނަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ބީއެމްއެލް އިން ހުޅުމާލޭގައި އަޅާ 1،224 އެފޯޑަބަލް ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު މުއްތަލިބު ވިދާޅުވީ ހެޔޮ އަގުގައި ބޯހިޔާވަހިކަން ގަންނަން ލިބޭނެ މަޝްރޫއުއެއް ފެށުމަށް މިހާރު އިއުލާނުކޮށްފައި ވާކަމަށެވެ.

އަދި އެއީ އާއިލީ ބޯހިޔާވަހިކަަމަށް ޝަރުތު ހަމަވާ އެކަމަކު ބޯހިޔާވަހިކަމެއް ނެތް މީހުންނަށް ހިންގާ މަޝްރޫއުއެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ، ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަކީ ދަތި ހާލަތުގައި ދިރިއުޅޭ، ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބައްޓަން ކުރާ މަޝްރޫޢުއެއް ކަމަށެވެ.

ބީއެމްއެލްއަކީ ސަރުކާރުގެ މަސައްކަތުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބޭ އެއް ބައިވެރިޔާ ކަން ފާހަގަކުރައްވާ މިއީ، ދަޢުލަތުގެ މުވައްސަސާތަކުގެ އެއްބާރުލުމާއެކު ގުޅިގެން ހޯދިފައިވާ އިޖާދީ ޙައްލުތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި މި ޔުނިޓުތައް ދޫކުރާނީ، ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއީ ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ކޯޑިނޭޓް ކުރުމުގެ ނަތީޖާ.މިއީ ދަތިކަން ކުރިމަތިވުމުން އިނޮވޭޓިވް ސޮލިއުޝަން ހޯދުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ކާމިޔާބީ. އަދި މިއީ ރައްޔިތުންގެ ދިރިއުޅުން ރަނގަޅު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ޕީޕަލް ސެންޓާޑް ޕޮލިސީގެ ފޮނި މީރުކަން.އާދެ ބީއެމްއެލްގެ އެހީގައި ކުރިއަށް މިގެންދާ ޕްރޮޖެކްޓްގެ ދަށުން އިމާރަތްކުރެވޭ ތިންކޮޓަރީގެ 3260 ހައުސިން ޔުނިޓަކީ ސޯޝަލް ހައުސިން ޕްރޮގްރާމްގެ ތެރެއިން ރައްޔިތުންނަށް ދޫކުރެވޭ ޔުނިޓުތަކެއް. މިހާރު ކުރިއަށްދާ އާއިލީ ބޯހިޔާވަހިކަމުގެ ޕްރްގްރާމްގެ ތެރެއިން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން 60 ހާހުން ދަށުން އާމްދަނީ ލިބިގެން ބޯހިޔާވަހިކަން އެންމެ ބޭނުންވެފައިވާ ފަރާތްތަކަށް ދޫކުރުމަށް ކަނޑައެޅިފައިވާ ފްލެޓުތަކެއް.މި ޔުނިޓުތައް ދެވިގެންދާނީ ރެންޓު ޓު އޯން މޮޑެލްގެ ދަށުން.ބޭންކުތެރެއިން އަމިއްލަ ބޯހިޔާވަހިކަން ހޯދުމަށް ދެވޭ ފުރުސަތެއްގެ ގޮތުގައި ކުލި ދައްކާ ދިރިއުޅެ ވަކި މުއްދަތަކުން އަމިއްލަ ކުރެވޭ އުސޫލެއްގެ ދަށުން."

މިނިސްޓަރު މުއްޠަލިބު

އެމްއެމްއޭގެ ޤަވާއިދުތަކުގެ ތެރެއިން، ރާއްޖޭގެ ބޭންކުތަކުން ވަކި އިންސައްތައެއް ބޯޔާވަހިކަމުގެ މަސައްކަތްތަކަށް ކަނޑައަޅާ ގެންދެވޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.

އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ އަސާސީ ޝަރުތަކީ މާލޭގައި ދިރިއުޅޭތާ 15 ވުމާއި މާލޭ ރަށްވެހިންނަށް ވުމެވެ.

ބީއެމްއެލްއާ ހަވާލުކޮށްފައިވާ އަގުހެޔޮކޮށް އަޅާ ފްލެޓުތައް ނިންމަން މުއްދަތު ދީފައި ވަނީ 2028 ގެ މެދުތެރެ އަށެވެ.