ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 2 ކިލޯއަށްވުރެން ގިނަ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން ބުނީ މި ތަކެތި އަތުލަިގަނެފައިވަނީ މިދިޔަ އަންގާރަ ދުވަހު ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ މެތަމްފެޓަމައިން ކަމަށާއި، މި ތަކެތީގެ ބަރުދަނުގައި 2080 ގްރާމް ހުރިކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.

ކަސްޓަމްސްއިން ބުނީ މި ތަކެތީގެ މަަގުމަތީއަގު 4,160,000 (ހަތަރު މިލިއަން އެއް ލައްކަ ފަސްދޮޅަސް ހާސް) ދިވެހި ރުފިޔާއަށް އަރާ ކަމަށެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ސަރުކާރާއި ގާނޫނީ އިދާރާތަކުން ދަނީ ހާއްސަ އިސްކަމެއް ދެމުންނެވެ.