އުމްރާގެ އަޅުކަމަށް މައްކާއަށް ގޮސް އުޅުނު އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި ނިޔާވެފައި ވަނީ މ. ވެލިވަނި އިބްރާހިމް ރަަޝީދެވެ.

އަދި އޭނާ ނިޔާވެފައި ވަނީ ރަަމަޟާން މަހުގެ އުމްރާގެ އަޅުކަމަށް ގޮސް އުޅެނިކޮށް ރޭގެ ވަގުތެއްގައި މައްކާގައެވެ.

މި މަހުގެ 14 ވަނަ ދުވަހުގެ ރޭވެސް ވަނީ މި އަހަރުގެ ރަމަޟާން އުމްރާއަށް ދިޔަ ދިވެއްސަކު ނިޔާވެފައެވެ.

އޭރު ނިޔާވީ ހިޖާޒު ކުންފުނިން އުމްރާއަށް ދިޔަ ގދ. ނަޑައްލާ އަލީ އިބްރާހީމް ދީދީއެވެ.