ގއ. ވިލިނގިލީގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ތަރައްގީކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ ސޮލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ.
ވިލިނގިލީގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ޔުނިވަރސިޓީގެ ކެމްޕަހަކީ މުޅި ރާއްޖެއަށް މަތީ ތައުލީމްގެ ފުރުސަތުތައް ފަހިކޮށްދީ ފުޅާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން ޔުނިވަރސިޓީގެ ކެމްޕަސް ތަރައްގީ ކުރުމުގެ އިތުރުން ދަރިވަރުންގެ އެކަމަޑޭޝަން ބްލޮކެއްވެސް ހިމެނެއެވެ.
މިއީ މަތީ ތައުލީމު ހާސިލުކުރުމަށް މާލެއަށް ބަރޯސާވުމަށް އޮތް އޮތުން ނިމުމަކަށް ގެނައުމަށް ކުރުމުންދާ ސަރުކަރުން ކުރިޔަށްގެންދާ މަސައްކަތްތަކެކެވެ.
ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި މިފަދަ ގިނަ ތަންތަން ނިމި މަތީ ތައުލީމުގެ ފުރުސަތު އަތޮޅުތަކުގައި ފުޅާކުރެވިގެންދިޔުމެވެ.
އެގޮތުން މީގެ ކުރިން އަތޮޅުތަކުގައި އެމްއެންޔޫގެ 4 ކެމްޕަސް ހުރިނަމަވެސް މިހާރު 26އަށްވުރެ ގިނަ މަޝްރޫއުއެއް ކުރިއަށްގެންދިޔުމުގެ މަސައްކަތް އަދި އައިޔޫއެމްގެ 12އަށް ވުރެ ގިނަ މަޝްރޫއެއް ކުރިއަށްގެންދިޔުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.