އެމް.ޕީ.އެލް ޓަގު ބޯޓަކާއި ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ އެމް.ޕީ.އެލް އާ ދިމާ ބޭރުގައި، އެ ކުންފުނީގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާކަމުގެ މައުލޫމާތު، 2026 މާރިޗު 21 ވަނަ ދުވަހުގެ ހެނދުނު 10:39 އެހާއިރު ރިޕޯޓްކޮށްފައިވާކަމަށެވެ.

މި އެކްސިޑެންޓްގައި ލޯންޗުގެ ކެޕްޓަނަށް އަނިޔާވެގެން އައި.ޖީ.އެމް ހޮސްޕިޓަލަށް ގެންގޮސް މިހާރު ފަރުވާ ދެމުންދާކަން ފާޖަހަކޮށް ކެޕްޓަނަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށް ފުލުހުން ބުނެއެވެ.

އެކްސިޑެންޓް ހިނގި އިރު ލޯންޗްގައި ތިބީ ކެޕްޓަންގެ އިތުރުން 3 ފަޅުވެރިންނެވެ. މި އެކްސިޑެންޓްގެ ސަބަބުން ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ. އެކްސިޑެންޓް ހިނގާފައިވަނީ އެމްޕީއެލްގެ ލޯންޗަކާ އެއްނޫނެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ބުނެއެވެ.