ހއ. އުތީމުގައި ނުވަ ދުވަހުގެ ތުއްތު ކުއްޖަކު މަރުވި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީހއ. އުތީމުގައި އުމުރުން 9 ދުވަސްވީ ތުއްތު ކުއްޖަކު، އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެގޮތުން އެ މައްސަލަ ރިޕޯޓުކޮށްފައިވަނީ 2026 މާރިޗު 18 ވަނަ ދުވަހުގެ ހެނދުނު 10:07 އެހައިކަންހާއިރު ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އަދި އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ އެރަށު ސިއްހީ މަރުކަޒުން ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި ހާދިސާގެ އިތުރު ތަފްސީލެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ބުނީ މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.