ހއ. ހޯރަފުށީ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހިގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ ފެބްރުއަރީ 19 ވަނަ ދުވަހުގައި ހއ. ހޯރަފުށީ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވެހިގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ. އެމްޓީސީސީ އާއެކު ސޮއި ކޮށްފައިވާކަމަށެވެ.

މި އެއްބަސް ވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރަޓަރީ މުހައްމަދު ޝާމިލް އަދި އެމްޓިސީސީގެ ފަތާުން ސޮއި ކުރެއްވީ ޑެޕިއުޓީ ޗީފް އޮޕަރޭޓިން އޮފިސާ ހަސަން ނައުފަލް ނާސިރު އެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދިއުމަށް ހަވަލުކުރި ހޯރަފުށި ރޯޑްސް ފޭސް 3ގެ މަސައްކަތަކީ 44،114،274.40 ރުފިޔާ ޚަރަދު ކުރުމަސް ހަމަޖެހިފައިވާ މަޝްރުއެކެވެ. މި އެއްބަސްވުމުގެ ދަށުން 360 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭނެ ކަމަށް އެ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، އިން ވަނީ ބުނެފައެވެ.