ވ. ފެލިދޫ ކައިރިން ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ގެއްލުނު ދެ މީހަކު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މި ހާދިސާގައި ގެއްލިގެން ހޯދަމުންދާ 2 މީހުންނަކީ އިންޑިއާ އަށް ނިސްބަތްވާ ދެ ފިރިހެނުން ކަމަށެވެ.

ފުލުހުން ބުނީ ބުނީ މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 މާރިޗު 19 ވަނަ ދުވަހުގެ ރޭ 01:15 އެހައިކަންހާއިރު ކަމަށެވެ.

މީގެ އިތުރުން މި ހާދިސާ ހިނގިއިރު އެ ލޯންޗުގައި ޖުމުލަ 7 މީހުން ދަތުރުކުރަމުން ދިޔަކަން ފާހަގަކޮށް ފުލުހުން ބުނީ އެއީ ޔޫކޭ އާއި ރަޝިއާއަށް ނިސްބަތްވާ ދެ އަންހެނަކާ އިންޑިއާ އަށް ނިސްބަތްވާ 5 ފިރިހެނުން ކަމަށެވެ. އަދި މި ހާދިސާގައި ލޯންޗުން ވިއްސައިގެންގޮސް މޫދަށް ވެއްޓިފައިވަނީ 5 މީހުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި ހާދިސާގައި އަނިޔާވި ތިން މީހަކަށް ވ. އަތޮޅު ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުން ކަމަށެވެ.

މި ހާދިސާއަާ ގުޅޭ އިތުރު މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.