އުރީދޫ ގެ ފަރާތުން އީދު ހަދިޔާއެއްގެ ގޮތުން ކަރާ ފެޅުމުގައި ބައިވެރިވާ ކޮންމެ ކަސްޓާމަރަކަށްވެސް 100000 ރުފިޔާގެ ބޮޑު އިނާމެއް ލިބުމުގެ ފުރުސަތުއޮތް ކަމަށް އުރީދޫއިން ބުނެފިއެވެ.
ކަސްޓަމަރުންނަށް ކުޅުމުގެ ފުރުސަތު އިތުރުކޮށްދިނުމުގެ ގޮތުން މި ހަރަކާތް މިހާރު މިމަހުގެ 26 ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ. މި ނިންމުން ނިންމާފައިވަނީ މުޅި ރާއްޖެއިން މި ހަރަކާތަށް ލިބެމުންދާ ބޮޑު ތަރުހީބަށް ބެލުމަށްފަހުގަ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
މި ބަދަލާއެކު، 100,000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ބަންޑަލް ހޯދުމުގެ ފުރުސަތު ހުރިހާ ޓީމެއްގެ ބައިވެރިންނަށް ވެސް މިހާރު ވަނީ ހުޅުވާލާފަކަމަށް އުރީދޫއިން ވަނީ ބުނެފައެވެ. މިއީ ކޮންމެ ބައިވެރިއަކަށް ވެސް އިނާމު ހޯދުމުގެ ފުރުސަތު ފަހިކޮށްދީ، މުބާރާތް އިތުރަށް ފޯރިގަދަ ކުރުމަށް ގެނެވުނު ބަދަލެެއްކަން އުރީދޫއިން ވަނީ ފާހަގަކޮށްފައެވެ.
100,000 ރުފިޔާގެ މި ގްރޭންޑް ޕްރައިޒް ބަންޑަލްގައި އެންމެ ފަހުގެ 2 ޑްރޯން، ޕޮކެޓް އޮސްމޯ، މެކްބުކް، އައިފޯން 17 ޕްރޯ މެކްސް ފަދަ އަގުހުރި އިނާމު އެކުލެވިގެންވެއެވެ.
އުރީދޫ އެޕް މެދުވެރިކޮށް ކުޅެވޭ 'ކަރާ ފެޅުން' އަކީ މަޖާ، ވާދަވެރި އަދި ދުވަހުން ދުވަހަށް އިނާމު ލިބޭ، ރަމަޟާން މަހުގެ ވަރަށް މަގުބޫލު ހަރަކާތެކެވެ. ބައިވެރިންނަށް 'ކަރާ ކުއެސްޓް' ފަދަ ފީޗާތައް މެދުވެރިކޮށް ކުޅެ، ކަރާ ފަޅައިގެން ޓީމަށް ޕޮއިންޓް ހޯދުމުގެ ފުރުސަތު ލިބެއެވެ.
ގްރޭންޑް ޕްރައިޒްގެ އިތުރުން، އުރީދޫ އެޕް ބޭނުންކުރާ ހުރިހާ ކުޅުންތެރިންނަށް ދުވަހުން ދުވަހަށް ލިބޭ ހަދިޔާތައް ވެސް ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި ހިލޭ ޑޭޓާ ޕެކްތަކާއި، ފައިސާގެ އިނާމުތަކާއި، އިލެކްޓްރޯނިކް ސާމާނާއި އެއާ ޕިއުރިފަޔާ ފަދަ ތަކެތި ހިމެނެއެވެ.
އުރީދޫ މޯލްޑިވްސް އިން ހުރިހާ ކަސްޓަމަރުންނަށް ދައުވަތު ދެނީ މި ފޯރީގައި ބައިވެރިވެ، 'ކަރާ ފެޅުން' ކުޅެ، މި އިތުރު ފުރުސަތުގެ ބޭނުން ހިފައި، ބޮޑެތި އިނާމުތައް ހޯދުމަށެވެ.