މި މަހުގެ މިހާތަނަށް މަސްވެރިންނަށް 5 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަަކުން ދައްކާގޮތުގައި މި މަހުގެ މިހާތަނަށް މިފްކޯއަށް 233 ދޯންޏަކުން 352 މެޓްރިކް ޓަނުގެ މަސް ވަނީ ކިރުވާފައެވެ.
އެގޮތުން އެ ދޯނިތަކަށް މުޅި ޖުމްލަ 5,142,537 (ފަސްމިލިޔަން އެއްްލައްކަ ސާޅީސް ދެހާސް ފަސްސަތޭކަ ތިރީސް ހަތެއް) ރުފިޔާ ވަނީ ދޫކޮށްފައިވާއިރު
އެ މުއްދަތުގެ ތެރޭގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައި ވަނީ، މި މަހުގެ 2ވަނަ ދުވަހު އެވެ.
އެ ދުވަހު މިފްކޯއަށް މަސްކިރުވި 21 ދޯންޏަކަށް މުޅި ޖުމްލަ 714,333 ރުފިޔާ ދޫކޮށްފައިވާކަމަށް މިފްކޯ އިން ހާމަކުރެއެވެ.
މި މަހުގެ މިހާތަނަށް މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާގެ ތަފްސީލަށް ބަލާއިރު އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައި ވަނީ ކަޅުބިލަމަހުގެ މަސްވެރިންނަށެވެ. އަދި އެއީ 4.1 މިލިޔަން ރުފިޔާ ކަމަށާއި 816،720 ރުފިޔާއާއެކު ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައި ވަނީ 15 ކިލޯއިން މަތިން މަސްކިރުވި ކަންނެލި މަސްވެރިންނަށް ކަމަށް މިފްކޯ އިން ހާމަކުރެއެވެ.
މީގެ އިތުރުން މިފްކޯ އިން ބުނީ އެ ލިސްޓުގެ ތިންވަނައިގައި އުޅެނީ 10 ކިލޯއިން މަތިން މަސްކިރުވި ކަންނެލި މަސްވެރިން ކަމަށާއި އެއީ މުޅި ޖުމްލަ 335،636 ރުފިޔާ ކަމަށެވެ.