ކައުންސިލް އިންތިހާބު ފަދަ އިންތިހާބުތަކުގައި ވޯޓު ލެވެންޖެހޭނީ އެ ދާއިރާއެއްގައި އުޅޭ މީހުންނަށް އެކަނިކަމަށް ކުރީގެ ރައިސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވަނީ މާލޭގައި ތިބޭ ރަށްރަށުގެ މީހުންގެ އަދަދު ގިނަވެފައިވާކަން ފާހަގަކޮށް، މާލެއިން ލާ ވޯޓުގެ އަދަދު ރަށްރަށުގައި ވޯޓުލާ އަދަދަށްވުރެއް އިތުރުވެފައިވާކަމަށް ވިދާޅުވެފައެވެ.
ސޯލިހު އިތުރަށް ވިދާޅުވީ މާލޭގައި ދިރިއުޅޭ ރަށްރަށުގެ މީހުންގެ ވޯޓު ކައުންސިލް އިންތިހާބުތަކަށް ނުނެގުމަކީ ގާނޫނުއަސާސިއަށް ގެންނަން ޖެހިފައިވާ ބަދަލެއްކަމަށެވެ.
ސޯލިހު ވިދާޅުވީ މިހާރު ގާނޫނު އަސާސިއަށް ހުށަހަޅާފައި އޮތް އިސްލާހަކީވެސް އެއްވެސް ކަހަލަ އަސާސެއް އުސޫލެއް ނެތް ކަމެއް ކަމަށެވެ.
މީގެ އިތުރުން އިންތިހާބާއި އެކީގައި މި އަންނަ ތިންވަނަ ކަރުދާކޮޅުގައި ނޫނެކޭ ބުނަން އޭނާ ވަނީ އިލްތިމާސް ކޮށްފައެވެ. ސަބަބަކީ ދިވެހި ދައުލަތުގެ ނިޒާމު ގެއްލިގެން ދާނެތީކަމަށް އޭނާ ވިދާޅުވިއެވެ.