މާލެ، މާފަންނު، ފުލޫނިޔާމަގުގައި ހުންނަ ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މޯލްޑިވްްސް ޕޮލިސް ސާވިސް އިން ބުނީ އެހާދިސާއާގުޅިގެން ފުލުހުންނާއި ފަޔާ އެންޑް ރެސްކިއު ސާވިސަސްއިން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

އެމެއެންޑީއެފް އިން ބުނީ މި ގުދަނަކީ މާ. ތޮއިބާ މިސްކިތް ކައިރީ ހުންނަ ގުދަނެއް ކަމަށެވެ.

ވީޑިއޯތަކުން ފެންނަ ގޮތުގައި ގުދަނުގައި އަލިފާން ވަނީ ވަރަށް ބޮޑަށް ހިފާފައެވެ.

ރޯވެފައިވަނީ ޕްރައިމް ގޯޑައުންގައެވެ.