މިރިޔާސް މަގުން ހިނގާފައިދިޔަ 66 އަހަރުގެ އަންހެނެއްގެ އަތުން ފޭރުނު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ 66 އަހަރުގެ ދިވެހި އަންހެނެއްގެ އަތުން ފޭރުނު މީހަކު ހިފަހައްޓާފައިވާކަމަށް މިރޭ 20:30 އެކަން ހާއިރު ރިޕޯޓުކޮށްފައިވާކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދާކަމަށްވެސް ފުލުހުން ބުނެއެވެ.