6 މަސްދުވަހުގެ ތެރޭގައި ބާކީ ހުރި ހުރިހާ އަތޮޅުތަކެއްގެ ހުރިހާ ރަށްތަކެއް ހިމެނޭހެން ހައި ސްޕީޑްގެ ފެރީ ގާއިމު ކުރަން މަސައްކަތް ކުރަމުންދާކަމަށް ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ މިހާތަނަށް ރާއްޖޭގެ 14 އަތޮޅެއްގައި 133 ރަށެއްގައި ހައި ސްޕީޑްގެ ފެރީގެ ހިތުމަތް ގާއިމު ކޮށްފައިވާނެ ކަމަށެވެ. އަދި އެންމެ ފަހުން އިފްތިތާހު ކޮށްފައި ވާނީ ފ، ދ ނެޓްވޯކް ކަމަށްވެސް އަމީން ވިދާޅުވިއެވެ.

"އެންމެ ފަހުން ރަމަޟާން މަސް ފެށެން އެއް ދުވަހަށް ވެފައި އޮއްވާ އަޅުގަނޑުމެން އިފްތިތާހު ކުރީ ފ އަދި ދ ގެ ނެޓްވޯކް"

ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން

އަމީން އިތުރަށް ވިދާޅުވީ މާޗް މަސް ނިމުމުގެ ކުރިން މ އަދި ލ އަތޮޅުގައި އެ ހިދުމަތް ގާއިމު ވެގެން ދާނެ ކަމަށެވެ. އަދި ކޮންމެ އަތޮޅެއްގައިވެސް ރައްޔިތުން އަހުލުވެރި ކުރުވަން މަސައްކަތްތަކެއް އެއް ހަފްތާއަށް ކުރިއަށް ގެންދާކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުން އަހުލުވެރި ކުރުވުމުގެ އެއްހަފްތާގެ ޕްރޮގުރާމެއް ގެންދާނަން"

ޓްރާސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން

މީގެ އިތުރުން މަޝްރޫއު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްލޭންއާ އެއްގޮތަށް ހުރިހާކަމެއްވެސް ކުރިއަށް ދާކަމަށް އަމީން ވިދާޅުވިއެވެ.