މޮޅަށް ކުޅިވަރު ކުޅެގެން ސްކޮލާޝިޕް ލިބޭގޮތް ހެދުމަކީ އަމާޒެއް ކަމަށް ކުޅިވަރާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ރާފިއު ވިދާޅުވީ، އަރުތަ ޕްރޮގްރާމްގެ ސްކީމަށް އަލަށް ގެނެވުނު ބަދަލާއެކު ކުޅިވަރު މޮޅަށް ކުޅެގެން ސްކޮލާޝިޕް ލިބޭގޮތް ހެދުމަކީ އެ ވުޒާރާގެ އަމާޒެއް ކަމަށެވެ.

އަދި މި ޕްރޮގްރާމުގައި މިހާރު ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރައްވަނީ މޮޅު ކުއްޖެއް ސްކޮލާޝިޕެއްގައި ކިޔަވަމުންގޮސް ގެރޭޑް ނުވައެއް ދިހައަކަށް އެރުމުން މައިންބަފައިން އެ ކުއްޖާ އަނބުރާ ގެންނަ ގެނައުމެވެ. އެއީ ކުއްޖާއަށް ރަނގަޅަށް ކިޔަވާދީ ރަނގަޅު ނަތީޖާއެއް ހާސިލް ކުރެވޭނެ ގޮތަށް އެކަންކުރަން ކަމަށް ވަޒީރު ވިދާޅުވިއެވެ.

އޭރަށް ކުދިން މޮޅަށް ކުޅެން ބޭނުން ވާނީ ވެސް އަދި އެ ކުޅޭކުދިންނަށް އަޅުގަނޑުމެންނަށް އެކަން އެކުދިންނަށް އެކަން ފާހަގަކޮށް އެ ކުދިންނަށް ދޭންޖެހޭ މި ދެންނެވިހެން ކިޔެވުމާއި ކުޅުމާ ދެބައިގެންދެވޭނެ ގޮތަށް ތަރުތީބުކޮށް ކަންތައް ގެންދެވޭނީ

ވަޒީރު އަބްދުﷲ ރާފިއު

އަރުތަ ސްކޮލާޝިޕްއަކީ މިހާރު އޮތް ގޮތުން ކުޅެން ނުވަތަ ޓްރޭނިގް ޕްރޮގްރާމަށް ދޭސަޕޯޓެއްގެ ގޮތުގައި އޮތް ޕްރޮގްރާމެކެވެ. އެހެން ނަމަވެސް ކުއްޖާއަށް ސްކޮލާޝިޕެއް ދީގެން ކިޔެވުމާއި ކުޅިވަރު އެއްކޮށް ގެންދިޔުމުން އެ ކުއްޖާގެ ކިޔެވުންވެސް ރަނގަޅުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެހެން މިކަން ކުރިއަށް ގެންގޮސްފިނަމަ އަރުތަ ސްކޮލާޝިޕް ވެގެން ދާނީ ވަރަށް ރަނގަޅު ބަދަލެއް ގެނެވިގެން ދާނެ ކަމަކަށްކަމަށް ވަޒީރު ވިދާޅުވިއެވެ. މިކަން މީގެކުރީގެ ތަޖުރިބާއިން ފާހަގަކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.