ދިވެހި ޢުމްރާ ވެރިޔަކު މައްކާގައި މިރޭ ނިޔާވެއްޖެއެވެ.
މިކަންހާމަކުރައްވާފައި އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގްރޫޕަށް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް މިރޭ ފޮނުއްވި މެސެޖެއްގައެވެ.
މިނިސްޓަރުގެ މެސެޖުގައި ވިދާޅުވީ ނިޔާވެފައިވަނީ ހިޖާޒު ކުންފުނިން ޢުމްރާ އަށް ދިޔަ ގދ. ނަޑައްލާ އަލީ އިބްރާހީމް ދީދީ ކަމަށެވެ.
އަދި އެ ޢުމްރާ ވެރިޔާގެ ޖަނާޒާ މާތް ވެގެންވާ ޙަރަމްފުޅުގައި މިރޭ ފަތިސްނަމާދު ފަހުން އޮންނާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.