އުރީދޫ މޯލްޑިވްސްއިން ރަމަޟާން މަހުގެ ހެޔޮއެދުންތަކާއެކު އައިޖީއެމްއެޗްގެ ބަލިމީހުންނާއި އެހީތެރިންނަށް ރޯދަވިއްލުން ހަދިޔާކޮށްފިއެވެ

އުރީދޫގެ ހެޔޮއެދުންތަކާއެކު އައިޖީއެމްއެޗްގެ ބަލިމީހުންނާއި އެހީތެރިންނަށް ރޯދަވިއްލުމެއް
އުރީދޫގެ ހެޔޮއެދުންތަކާއެކު އައިޖީއެމްއެޗްގެ ބަލިމީހުންނާއި އެހީތެރިންނަށް ރޯދަވިއްލުމެއް

މާތްވެގެންވާ ރޯދަމަހުގެ ހެޔޮ އެދުމާއި އެކުވެރިކަމުގެ ރޫހުގައި، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ފަރުވާ ހޯދަމުންދާ ބަލިމީހުންނާއި، އެހީތެރިންނާއި، އަދި ހޮސްޕިޓަލުގެ މުވައްޒަފުންނަށް ރޯދަ ވީއްލުން ބެހުމުގެ ޚާއްސަ ހަރަކާތެއް އުރީދޫ މޯލްޑިވްސްއިން ކުރިއަށް ގެންގޮސްފިއެވެ.

މުޖުތަމައަށް އެހީތެރިވުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތުގެ ދަށުން، އެ ކުންފުނީގެ މުވައްޒަފުން ވަނީ މި ރޯދަ ވީއްލުންތައް ބެހުމުގައި ބައިވެރިވެފަވާ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ. މިއީ ހޮސްޕިޓަލުގައި ރޯދަމަސް ހޭދަކުރަމުންދާ ފަރާތްތަކަށް ހިތްހެޔޮކަމުގެ ގޮތުން ކުރެވުނު ކުޑަކުޑަ ކަމެއް ކަމަށް އުރީދޫއިން ބުނިއެެވެ.

ފޮޓޯ - އުރީދޫ

އުރީދޫއިން ބޭއްވި މި ހަރަކާތުގެ މަގްސަދަކީ ރޯދަ ވީއްލާ ވަގުތު އެ ފަރާތްތަކަށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދިނުން ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ. އަދި މިއީ ރޯދަމަހުގެ އަގުހުރި ސިފަތައް ކަމުގައިވާ އޯގާތެރިކަމާއި އެކުވެރިކަން ދައްކުވައިދޭ ހަރަކާތެއް ކަން އުރީދޫއިން ބުނިއެެވެ.

މިއީ އުރީދޫ މޯލްޑިވްސްގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ގެ ދަށުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ. މި މަސައްކަތްތަކުގެ މައިގަނޑު މަގްސަދަކީ މުޖުތަމައަށް އެހީތެރިވުމާއި، ދުޅަހެޔޮކަން އިތުރުކުރުމާއި، ރާއްޖޭގައި އޯގާތެރިކަމުގެ ސަގާފަތެއް އާލާކުރުމެވެ.

މިފަދަ ކުޑަކުޑަ އެހީތެރިކަމަކުން ވެސް މުޖުތަމައުގެ ގުޅުން ބަދަހިކުރެވޭނެކަން ހަނދާންކޮށްދިނުން ކަމަށް އުރީދޫއިން ބުނެފައިވެއެވެ. ހާއްސަކޮށް ރޯދަމަހުގެ ދުވަސްތަކުގައި މިފަދަ ކަންކަމުގެ މުހިންމުކަން ބޮޑުކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮއްފައެވެ.

އުރީދޫ މޯލްޑިވްސްއިން ދެމިއޮންނާނީ ހަމައެކަނި ޓެކްނޮލޮޖީއާއި ޚިދުމަތްތަކުގެ އިތުރުން، މުޖުތަމައަށް ފައިދާހުރި ހަރަކާތްތައް މެދުވެރިކޮށް ރައްޔިތުންގެ ދިރިއުޅުން ކުރިއެރުވުމަށް މަސައްކަތްކުރާ ކުންފުންޏެއްގެ ގޮތުގަ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.