އައްޑޫ ސިޓީ ހިތަދޫ މޫދުގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ، އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކު މޫދުގައި މީހަކު މަރުވެފައި އޮތް ކަމަށް މިއަދު ހަވީރު 16:41 އެހާކަން ހާ އިރު ފުލުހުންނަް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މިހާދިސާ ގައި މަރުވެފައި ވަނީ ވބިދޭސީ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ މީހާގެ ހަށިގަނޑު މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށެވެ. އަދި އެއީ ބިދޭސީ އެއް ނަމަވެސް އެއީ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.