މާފަންނު ގެއަކުން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ދެންމެ ބުނީ މާލެ، މާފަންނު، ދަކަންދާމަގުގައި ހުންނަ ގެއެއްގައި މީހަކު ނިޔާވެފައި އޮއްވާ ފެނުނު މައްސަލައެއް 2026 މާރިޗު 13 ވަނަ ދުވަހުގެ 13:01 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ނިޔާވެފައި އޮއްވާ ފެނިފައިވަނީ ތޯތާޕަރީ / ސ.ހުޅުދޫ ، މުޙައްމަދު ނިޒާރު( 54އ) އެވެ.
މުޙައްމަދު ނިޒާރު ނިޔާވުމުގައި އެހެންމީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ކުށުގެ ތުހުމަތެއް ކުރެވޭ ފަދަ ކަމެއް މިހާތަނަށް ތަހުގީގަށް ފާހަގަ ކުރެވިފައި ނުވާކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.