ހުޅުމާލެ ފޭސް 2 ގައި ފުލުހަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.
ރޭގެ ވަގުތެއްގައި ފުލުހުން ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަނިޔާވެފައިވަނީ ފުލުސް މީހާގެ ރަސްމީ މަސައްކަތުގެ ތެރެއިންނެއް ނޫން ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އަދި މި ހަމަލާގައި އަނިޔާވި ފުލުސް މީހާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައިގެ ވަށައިގެންވާކަންކަން ދިވެހި ފުލުހުންގެ ހިދުމަތުން ދަނީ ބަލަމުން ކަމަށާއި މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މީގެ އިތުރުން ތަހުގީގު ކުރިއަށްދާ މިންވަރަކުން މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު ހިއްސާކުރާނެ ކަމަށްވެސް ފުލުހުން ބުނެއެވެ.
ރޭފެ ވަގުތެއްގައި ހިނގި މި ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ފުލުސް މީހާއަށް ވަރަށް ބޮޑަށް އަނިޔާވެ، އޭނާގެ މޫނުމަތިން ލޭ ފައިބާ މަންޒަރު ވީޑިއޯއިން ފެނެއެވެ.