މި އަންނަ ފިތުރު ޢީދުގައި ބޮކިފަތި ދިއްލާނީ ރާއްޖޭގެ ސިޓީތަކުގެ ވަކިވަކި ތަންތަނުގައި އެކަނި ކަމަށް ސަރުކާރުން މިއަދު ބުނެފިއެވެ.
މިކަން ހާމަކުރައްވާފައި ވަނީ ފޮރިން މިނިސްޓަރު ޑރ.އަބްދުﷲ ޚަލީލް އެވެ.
މެދުއިރުމަތީގައި މިހާރު ފެށިފައިވާ ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެކުލަވާލެއްވި ވަޒީރުންގެ ހާއްސަ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާކުރައްވަމުން މިނިސްޓަރު ޑރ. ޚަލީލް ވިދާޅުވީ ސަރުކާރުން ހަރަދުތައް ކުޑަކުރުމުގެ ގޮތުން މި އީދުގައި ރަށްރަށުގައި އީދު ލައިޓް ހަރުނުކުރަން މިހާރު ނިންމާފައިވާ ކަމަށެވެ.
އެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެމުން ފޮރިން މިނިސްޓަރު ޚަލީލް ވިދާޅުވީ ސަރުކާރުން ހަރަދުތައް ކުޑަކުރުމުގެ ގޮތުން މި އީދުގައި ރަށްރަށުގައި އީދު ލައިޓް ހަރުނުކުރަން މިހާރު ނިންމާފައިވާ ކަމަށެވެ.
އެގޮތުން ހަމައެކަނި ރާއްޖޭގެ ފަސް ސިޓީގައި މިކަން ކުރިއަށް ގެންދާ ގޮތަށް ނިންމާފައިވާ ކަމަށާއި އެ ވެސް ކަނޑައެޅޭ ވަކި ލޮކޭޝަންތަކެއްގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެހެން ރަށްރަށުގައި މިކަން ކުރިއަށް ނުގެންދިއުމަށް ނިންމާފައި ވަނީ އެއީ ވެސް ސަރުކާރުން އަޅާ ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
ހަރަދު ކުޑަކުރަން ސަރުކާރުން މި ނިންމި ނިންމުމާއެކު މި ފަހަރުގެ ފިތުރު އީދުގައި ބޮކިފަތި ދިއްލާނީ މާލޭ ސިޓީގެ އިތުރުން ކުޅުދުއްފުށި ސިޓީގެ އިތުރުން ތިނަދު ސިޓީ އާއި ފުވައްމުލައް އަދި އައްޑޫ ސިޓީގައެވެ.