އެމެރިކާއިން ޤައުމުތަކަށް އަރައި ހަނގުރާމަކޮށް އިޒުރޭލު ލައްވައި މެދުއިރުމަތި ހަލަބޮލި ކުރުވަނީ ކީއްވެގެން ހެއްޔެވެ؟

ބައެއް މީހުނަށް ހީވަނީ މެދުއިރުމަތި ހަލަބޮލިކުރަނީ ހަމައެކަނި އިޒުރޭލުން ކަމަށެވެ. އަދި ހުޅަނގުގެ މީޑީއާ ތަކުން އެކަން ޙަޤީޤަތަކަށް ހެދުމަށް ފަތުރަނީ ކޮން ވާހަކަތަކެއް ހެއްޔެވެ. އިޒުރޭލުގެ ޙައްޤު ދިފާޢުކުރުމުގެ ނަމުގައެވެ. އެއީ ޙަޤީޤަތް ހެއްޔެވެ؟ ހަމަ ޙައްޤެއް ދިފާޢު ކުރަނީ ހެއްޔެވެ. އެހެނެއް ނޫނެވެ. ހުރިހާ އެނެމެންވެސް ކުރަނީ އެއް ކަމެކެވެ. އިޒުރޭލަކީ ހުޅަނގުގެެ ޒީރެވެ. ހަތިޔާރެކެވެ. ފަލަޞްޠީނުގެ ބިމަށް ޔަހޫދީން ފޮނުވައިގެން ޤައުމެއްގެ ސިފަ ގެނެސްގެން ކުރާހާވެސް ކަމަކީ ދުނިޔޭގެ އިޤުތިޞާދާއި ވަސީލަތްތަކުގެ ނިޒާމު އެމީހުންގެ މުށުތެރެއަށްލައި ބާރު ކުރުމެވެ.

މިހާރު ހިނގަމުންދާ ކަމެއްގެ މައްޗަށް ބަލައިލަމާ ހިނގާށެވެ. އިޒުރޭލުގެ އިސްތިޢުމާރީ ޓެރަރިސްޓުން ނުވަތަ އެމީހުންގެ ސިފައިންކަމަށްބުނާ ހަތިޔާރު އެޅި މީހުން ޣައްޒާގތަޅައި ސުންނާފަތިކޮށް މީހުންތައް ރަހީނުކުރީއެވެ. އެވާހަކަ ހުޅަނގުގެ ސަރުކާރުތަކަކަށް މާ ބޮޑުކަމަކަށް ނުވިއެވެ. އެކަމަކު އެމީހުންގެ ނިދި ގެއްލެމުން ދިޔައީ އީރާނުގައި އެމީހުންގެ ނުފޫޒު ހިންގައިގެން ހިންގަމުން ގެންދިޔަ މުޒާހަރާތަކާއި ގުޅިގެންނެވެ. އެ މުޒާހަރާތަކާއިމެދު އީރާނުގެ ސަރުކާރުން އަޅައިފާނެ ޢަމަލަކާއި ގުޅިގެން ހުޅަނގުގެ ޤައުމުތަކަށް އަރައިފާނެ ލޮޅުމަކަށް ބިރުންނެވެ. އެމީހުން އިޤުތިޞާދަށް އަތުވެދާނެ ހީނަރުކަމަކަށް ބިރުންނެވެ. އެންހެންވީމާ އިޒުރޭލުގެ ލާއިންސާނީ ޖަރީމާތަކަށް ކަނު ލޮލެއްދީގެން އެވާހަކަ އޮއްބައިލައިގެންނެވެ. އަދި އެންމެ ފަހުން އީރާނަށް ޙަމަލާވެސް ދޭން ފެށީއެވެ.

އެހެން ދިމާއަކުން މި ނަޒަރިއްޔާއަށް ބަލައިލަމާ ހިނގާށެވެ. ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ޢިރާޤާއި އީރާނާއި ވެނެޒުއެލާގެ މައްޗަށް އަތްގަދަކުރަނީ ތެލުގެ ބޭނުމުގައި ކަމަށެވެ. އާނއެކެވެ! އެއީ މަތިމަތީން އެވާހަކަ ފަތުރާފައިވާ ގޮތެވެ. ފެންނަންވެސް އޮތް ގޮތެވެ. އެހެނެއް ނޫނެވެ. ކަމުގެ ޙަޤީޤަތް އެއަށްވުރެ މާބޮޑެވެ. ފޮރުވިފައިވާ ސިއްރު މާ ބޮޑެވެ.

މި ކަމަކީ ޗައިނާއާއި ގުޅިފައިވާ ކަމެކެވެ. އެކަން ހާމަވާ އެތައް ސަބަބެއް ވެއެވެ. އެންމެ ރަނގަޅެވެ. އެއްވެސް މީހަކު އެކަމާއި މެދު ނުކުރާ ބޮޑު ސުވާލަކީ ކޮބައިހެއްޔެވެ.

ޢިރާޤާއި ޗައިނާއާއި އެއް މިޞްރާބެއްގައި ޢާންމު އެއްކަމަކަށް މިއަދު އޮތީ ކޮން ކަމެއް ހެއްޔެވެ؟

އަދި އެހެނެއްވެސް ނޫނެވެ. މީޑިއާތަކުގައި ޚާއްޞަކޮށް ހުޅަނގުން ތަކުރާރުކޮށް ދައްކަމުންދާ ގޮތަކަށްވެސް ނޫނެވެ. އެއީ ހަމައެކަނި މައްސަލައަކީ ތެލެއް ނޫނެވެ. އެހެން ނަމަވެސް ތެޔޮ ކޮންޓުރޯލު ކުރާނީ ކާކު ކަމެވެ. ކޮންބައެއް ހެއްޔެވެ؟
2000 ގެ އަހަރުތަކުގައި ޢިރާޤުން ވިއްކީ ހަމައެކަނި ތެލެއް ނޫނެވެ. ޢިރާޤުން ކުރި ކަމަކީ ތެލުގެ އަގު ކަނޑައެޅެމުންދާގޮތާއި އެކަން ހަމަޖައްސާނެ ގޮތްތައް ނިންމަން އުޅުމެވެ. އެކަން ކޮށްފާނެ ކަމުގެ ބިރު ހުޅަނގަށް ކުރިމަތި ކުރި ޤައުމަކަށް ޢިރާޤު ވީއެވެ.
ޢިރާޤުން މަޑުމަޑުން ޑޮލާރާއި ދުރަށް ޖެހެން ފެށީއެވެ. ތެލުގެ އަގު ކަނޑައަޅާނީ ޑޮލަރުން ކަމަށް އޮތް އޮތުން ބަދަލުވަމުންދާން ފެށީއެވެ. ޑޮލަރުގެ ނިޒާމާއި ދުރަށް ފެޔަށް ޖެހެންފެށީއެވެ. އެއީ ފެއިލްވެފައި ޤައުމުތަކުން ޢިރާޤު ނެއްޓުނު ހިސާބެވެ. ތިންވަނަ ދުނިޔޭގެ ޤައުމެއްގޮތުގައި ހުޅަނގުން ބަލަމުން ދަނިކޮށް އެއްވަނަ ދުނިޔެއަށް ޢިރާޤު ފިރުކައިލި ހިސާބެވެ. އަދި އެއީ މެދުއިރުމަތީގައި، ތެލުގެ މުއްސަނދިކަން އޮތް ޤައުމުތައް ފޭރިގަތުމަށް ހުޅަނގުން ތެޅިގަތް ހިސާބެވެ. ޢިރާޤަކީ ނިޒާމީ ބިރަކަށް ވެގެން ދިޔަ ހިސާބެވެ.
މިއަދާއި ހިސާބަށް ޖެހިލަމާ ހިނގާށެވެ. ޗައިނާއިން ތެލުގެ ކޮންޓްރޯލް ނެގުމަކަށް ޤައުމެއްގެ މައްޗަށް އަރައިގަންނާކަށް ނުޖެހެއެވެ. ޗައިނާއަކީ ތެލުގެ ތެރެއިން ތެޔޮ ކޮންޓްރޯލްކުރާ ޤައުމެވެ. ދިގު މުއްދަތުގެ އެގްރީމެންޓުތަކުގެ ދަށުން ޗައިނާއަށް ތެޔޮ ގަތުމެވެ. ލޭންދޭނުން ތެޔޮ ހޯދައި ތެލުން ދަރަނި އަދާކުރެވޭނެ ނިޒާމުތަކެއް ބިނާކޮށްގެންނެވެ. ޑޮލަރު ނޫން ފައިސާގެ މަގުތަކުން ތެޔޮ ވިއްކައި ގަނެވޭނެ ނިޒާމެއްގެ ތެރެއިންނެވެ.
އީރާނާއި ވެނެޒުއެލާއަކީ މީގެ ފުރިހަމަ މިޘާލެވެ. ގާތްގަނޑަކަށް ދުވާލަކު 1.4 މިލިއަނާއި 1.6 މިލިއަންފީފާތެޔޮ އީރާނުން އެކްސްޕޯރޓު ކުރެއެވެ. އޭގެ ބޮޑު ބައެއް ދަނީ ޗައިނާއަށެވެ. ޑިސްކައުންޓު އަގުގައި ރަސްމީ ލިޔެކިޔުންތަކުން ނުފެންނަ ގޮތަށެވެ. ވެނެޒުއެލާއިން ދުވާލަކަށް 7 ލައްކައާއި 9 ލައްކަ ފީފާ އާއި ދެމެދުގެ ޢަދަދަކަށް ތެޔޮ އެކްސްޕޯރޓު ކުރެއެވެ. އަދި ޗައިނާއަކީ މިތެޔޮ ވިއްކާ މައި ޤައުމެވެ. މާލީ ބައިވެރިއެއްގެ ގޮތުންނާއި ދަރަނި އަދާކުރެވޭނެ އެއްބަސްވުންތަކެއްގެ ދަށުންނެވެ.
މިއީ ހަމައެކަނި ހަކަތައެއްނޫނެވެ. އެއީ މިޒަމާނުގެ ބަހުރުވައިންނަމަ ޖިއޯޕޮލިޓިކްސް އެވެ. ވިޔަފާރީގެ މަގުތަކެއް ކޮންޓުރޯލު ކުރުމެވެ. ސަލާމަތީ ރައްކާތެރިކަމަށް ޓެކްނޮލޮޖީގެ އަސަރު ކުރުވުމެވެ. ގޮވާމާއި ތެލާއި ފެންފަދަ އަސާސީ ވަސީލަތްތަކުގެ މައްޗަށް ބާރު ފޯރުވުމެވެ.
ޗައިނާއިން ތެޔޮ ހަމަ ގަނެލަނީއެއް ނޫނެވެ. އެމެރިކާއިން ޗައިނާއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުން އޭގެ ބަދަލު ހިފުމުގެ ގޮތުން ތެޔޮ ބޭރުވާމަގުތައް ކޮންޓުރޯލު ކުރަނީއެވެ. އެހެންވީމާ މިވީ ކިހިނެއްހެއްޔެވެ؟ އެމެރިކާއިން ހަނގުރާމައެއް ފެށީހެއްޔެވެ؟ ޙަޤީޤަތުގައި މިވަނީ ކިހިނެއްހެއްޔެވެ؟
އެމެރިކާއިން ހުރިހާ ގުޅުންތަކެއް ކޮށައި ކުދިކުދި ކޮށްލީއެވެ. ކޮންޓުރޯލުގެ ބާރު ކަނޑުވައިލީއެވެ. ފިޔަވަޅަކަށްފަހު ފިޔަވަޅެކެވެ. ސިޔާސީ ނަޒަރިއްޔާއަކުން ނިކަން ބަލައިލަބަލާށެވެ.
އެންމެ ފުރަތަމ، ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުވެގެންދިޔައީ ޤައުމުތަކަކަށް ނޫނެވެ. ބޯޓު ދަތުރުކުރާ ކުންފުނިތަކަށެވެ. މާލީ ރައްކާތެރި ކަމަށެވެ. ބަނދަރުތަކަށެވެ. ތެޔޮ ސާފުކުރާ ކުންފުނިތަކަށާއި ކާރުޚާނާތަކަށެވެ. ފައިސާދައްކާ ޚަލާޞްކުރާ މަގުތަކަށެވެ. މިއީ ޢަސްކަރީ އުކުޅެއް ނޫނެވެ. އެއީ މާލީ ހަނގުރާމައެވެ. މަގުތައް ބަނދު ކުރުން އައީ އޭގެ ފަހުންނެވެ. ތެޔޮ ފޮރުވިފައި ނުހުންނާނެ ހުރިހާ ދޮރުތަކެއްގެ މައްޗަށް ފާރަވެރިވެގެން ތިބުމެވެ. ކަނޑުމަތީން ބޯޓުތައް ހިފެހެއްޓުމާއި އެކި ގޮގޮތުން ތެޔޮ ދަތުރުކުރާ މަގުތަކަށް ދުއްތުރާތައް ކުރިމަތި ކުރުމެވެ. އަދި ފޭރިގަތުމެވެ. އެކި ނަން ނަމުގައެވެ.
މިއާއި ވިދިގެން ދެން އަންނަނީ ސިޔާސީ ގޮށްރާޅުގެ ސިހުމެވެ. އެއީ ތެޔޮ ބަރުކުރާ ފަރާތްތައް ހުޓުވުމާއި އޭގެ ޙިމާޔަތް މުގުރައި ކުދި ކުދި ކޮށްލުމެވެ. ރައްކާތެރިކަން ގެއްލުވައިލުމެވެ. ތެލަށް އަގުދައްކާ ފަރާތްތަކަށް އަދަބު ދިނުމުގެ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމެވެ. ތެލުގެ އަގު ލިބޭ ފަރާތްތައް ބިރުވެރިކަމެއްގެ ތެރެއަށް ވައްޓައިލުމެވެ.
މިފަދަ އުކުޅުތަކަކަށް ތެލުގެ ވަސީލަތްތައް އެތަނެއްގައި ހުރުން ކޮންމެހެން ލާޒިމެއް ނޫނެވެ. އަދި އެއީ ތެލުގަ މުއްސަނދިކަން އޮތް ބަޔަކަށް ވާކަށްވެސް ނުޖެހެއެވެ. ވާން ޖެހުނު ގޮތަކީ ތެޔޮގަނެ އަގުދައްކާ ނިޒާމު އަމިއްލަ ކުރުމެވެ. ފައިސާ ދެއްކެނީ ކޮންބައަކަށް ކަން ކަނޑައެޅުމުގެ ބާރު އޮތުމެވެ. ފައިސާ އަންނަނީ ކޮންބައެއްގެ އަތްމަތީންކަމާއި ދައުރުވާނީ ކިހާ ހިސާބަކުންކަން ކަނޑައެޅުމުގެ ބާރު އޮތުމެވެ.
މިއީ ޢިރާޤުންވެސް މީގެ އެތައް އަހަރެއް ކުރީން ދަސްކޮށްދީފައިވާ އެއް ފިލާވަޅުތަކެކެވެ. ހަމައެކަނި އެބައެއްގެ ބިމުގެ އަޑީގައި ތެޔޮ ހުރުމަކުންނެއް ނޫނެވެ. އެއީ ދައުރުވާނެ ފައިސާގެ އާރާއި ބާރެވެ. ހިންގާނީ ކޮން ފައިސާއެއްކަން އެބައެއްގެ އަތުގައި އޮތުމުގެ ބާރެވެ. ވިޔަފާރި އެއްބަސްވުންތައް ހަމަޖެއްސުމުގެ ބާރެވެ. ދުނިޔޭގެ ބާޒާރުގައި ފައިސާގެ މުޢާމަލާތުގެ ދައުރުގެ މައްޗަށް ބާރު އޮތުމެވެ. އެހެންވީމާ ތެލަކީ ހަމައެކަނި ލޭނާރެވެ. އަޞްލު ބާރު ދައްކަނީ ހިތް އޮންނާނީ ކާކުގެ އަތުގައިތޯ ކަނޑއެޅުމަށެވެ. ސަބަބަކީ ތެލަކީ ދައުރުވާ އެއްޗަކަށްވީމާ ދައުރު ކުރުވާނީ ކާކުގެ އަތްދަށުންތޯ ކަނޑައެޅުމެވެ. އީރާނުގެ މުހިންމުކަން އައީ އެހިސާބުންނެވެ. އީރާން ދެކެ ބިރުގަންނަންފެށުނީވެސް އެހިސާބުންނެވެ. ވެނެޒުއެލާވެސް ހަމަ އެފަދައެވެ. ޢިރާޤުވެސް އެފަދައެވެ.
ޚަބަރުތަކުގެ ސުރުޚީތަކާއި ސިޔާސީ ކޯޅުންތަކުގެ އެންމެ އަޑުގަދަ ހިސާބުގައި ކޮންމެ ވާހަކައެއް އޮތަސް އެއީ މިކަމުގެ ނާރެހުގެ މެދުގައި ޗައިނާ އޮތް ސަބަބެވެ. މުއްސަނދީން ސިޔާސީ ބަހުޘެއް ނުކުރާނެއެވެ. އެމީހުން ނިޒާމުތައް ދަސްކުރާނީއެވެ.
ސަބަބަކީ ނިޒާމުތައް ފިރުކައިގަތުމުން ތަނަވސްކަމާއި ޚަޒާނާތައް ވެސް އެމީހުނާއިއެކު ފިރުކި ގަތުމެވެ.