ރިފެރެންޑަމް ވޯޓާ ބެހޭ ގޮތުން އިލެކްޝަން ކޮމިޝަން އީސީ އިން އަނގައިންވެސް ބުނެފައި ނުވާކަމަށް ހުޅުމާލޭ ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

އެމްޑީޕީއިން އިލެކްޝަން ކޮމިޝަނާ ބައްދަލު ކުރުމުގެ ކުރިން މީޑިއާތަކަށް މައުލޫމާތުދެއްވަމުން ނިޔާޒު ވިދާޅުވީ އީސީ އިން ރިފެރެންޑަމް ވޯޓާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއްދީފައި ނުވާކަމަށެވެ. އަދި އެކަމާމެދު އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އަދި ރިފެރެންޑަމް ވޯޓާ ބެހޭ ގޮތުން އަނގައިންވެސް ބުނީކީއެއްނޫން، އޭގާ އޮތީ ކޯއްޗެއްކަމެއް ކީކޭ ކަމެއްވެސް ފުރަތަމަ ވިދާޅު ނުވޭ، އެހެންވީމާ މިއީ ވަރަށް ބޮޑެތި ކަންބޮޑުވުންތަށް"

ކުރީގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް

ނިޔާޒް އިތުރަށް ވިދާޅުވީ ކުރިއަށް މިއޮތް ކައުންސިލް އިންތިހާބަކީ އެންމެ މަދުން މީހުން ވޯޓު ލާނެ އިންތިހާބަށް ހެދުމަށްޓަކައި އީސީ އިން މަސައްކަތްކުރަމުން އަންނަކަން ފާހަގަވެފައިވާކަމަށެވެ.

ކުރިއަށް މިއޮތް ކައުންސިލް އިންތިހާބަކީ އެންމެ މަދުން މީހުން ވޯޓު ލާނެ އިންތިހާބަށް ހެދުމަށްޓަކައި، އީސީ އިން ކަންތައްތަށް ކޮށްފައިވޭ، އެގޮތުން ވޯޓު ފޮށިތަށް ނުބެހެއްޓުމާއި، ރައްޔިތުންނަށް މައުލޫމާތު ނުދިނުމުގެ އިތުރުން ރާއްޖެއިން ބޭރުގަ ފޮށި ބަހައްޓަނީކީއެއްނޫން، ރިސޯޓޫތަކުގައި ފޮށި ހުރީއެއްނޫން، ސިނާއީ ސަރަހައްދުގަ ފޮށި ހުރީކީ ނޫން"

ކުރީގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް

އިއްޔެ ދާއިމީ ލިސްޓު އިއުލާނު ކޮށްފައި ވާކަން ފާހަގަކުރައްވާ ނިޔާޒް ވިދާޅުވީ މައުލޫމާތު ދިނުމަކީ ލިސްޓު އާންމުކުރުމުގެ ކުރިން ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި މި ކަންތައްތަކަށް ބެލުމަށް ފަހު އަދިވެސް ފުރުސަތު އޮންނާނެ ކަމަށް އުންމީދު ކުރައްވާކަމަށް ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު އިތުރަށް ވިދާޅުވީ ގާނުނަށް ބަދަލު ގެނެސްގެން ވިޔަސް ވީހާވެސް ގިނަ ރައްޔިތުންނަށް ވޯޓު ލުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމަށް އެދޭކަމަށެވެ.

ގާނޫނާށް މިސާލަކަށް ބަދަލު ގެންނަން ވެސް ގާނޫނަށްވެސް ބަދަލު ގެނެވޭނެ، ރައީސުލް ޖުމްހޫރިއްޔާ އަންގާލީމަ އެކަން ވާގޮތަށް އޮންނާނީ އެއީ ރައިސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައި ހުރި ރައީސެއް ހުރީ އެހެންވީމާ ރައީސަކަށް އެކަން ނުކުރެވޭ ކަމުގައި ވެއްޖެއްޔާ ގާނުނަށް ބަދަލު ގެނެސްގެން ވިޔަސް އަޅުގަނޑުމެން އެދެނީ ވީހާވެސް ގިނަ ރައްޔިތުންނަށް ވޯޓު ލުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުން"

ކުރީގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް

އެމްޑީޕީ އިން އީސީ އަށް ބައްދަލު ކުރުމުގެ ބޭނުމަކީ ޝަކުވާތަށް ހުށަހަޅައި، ހައްލު ހޯދައި އެކަން ކަމަށް ބާރުއެޅުމަށް ޓަކައި ކަމަށް ނިޔާޒު ވިދާޅުވިއެވެ.