މިހާރުވެސް ވިލާ ކޮލެޖް އިން އިންސްޓިޓިއުޝަނަލް އެކްރެޑިޓޭޝަންސް ހޯދަން މަސައްކަތް ކުރަމުން ދާކަމަށް، ވިލާ ކޮލެޖްގެ ވައިސް ރެކްޓަރ، ޑރ. އަލީ ނަޖީބް ވިދާޅުވެއްޖެއެވެ.

ވިލާ ކޮލެޖް ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަޖީބް ވިދާޅުވީ، ވިލާގެ ފެކަލްޓީތަކާއި، ސްކޫލްތަކާއި، ސެންޓަރު ތަކަށް އެކްރެޑިޓޭޝަންސް ހޯދުމާއި، އެ ތަންތަނުން ހިންގާ ޕްރޮގުރާމު ތަކަށް އެކްރެޑިޓޭޝަންސް ހޯދުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރަމުންދާކަމަށެވެ.

ނަޖީބް އިތުރަށް ވިދާޅުވީ ވިލާ ކޮލެޖްގެ ގާސިމް އިބްރަހިމް ސްކޫލް އޮފް ބިސްނަސް އަށް ސައުތް އޭޝިއަން ކޮލިޓީ އެޝުއަރެންސް ސިސްޓަމްސްގެ އެކްރިޑިޓޭޝަންސް ލިބިފައިވާކަމަށެވެ.

ސައުތް އޭޝިއަން ކޮލިޓީ އެޝުއަރެންސް ސިސްޓަމަކީ ދުނިޔޭގެ ފެންވަރުގެ ބިޒްނަސް ސްކޫލުތައް އެކްރިޑޭޓް ކުރަމުންގެންދާ ތަނެއް ކަމަށް ނަޖީބް ވިދާޅުވިއެވެ.

ސައުތް އޭޝިއަން ކުއަލިޓީ އެޝުއަރެންސް ސިސްޓަމް އަކީ މި ރީޖަންގައި ދުނިޔޭގެ ފެންވަރުގެ ބިސްނަސް ސްކޫލުތައް އެކްރިއޭޓް ކުރާހެން އެހެން ބައެއް ކަހަލަ އެކްރިޓިއޭޝަންސް އެގެންސީސް، ފަދަ ތަންތަނާއި އެއްފެންވަރުގައި މި ރީޖަންގަ އިންސްޓިޓުޝަންސް އެކްރިއޭޓް ކުރަމުންގެންދާ މުއައްސަސާއެއް"

ވިލާ ކޮލެޖްގެ ވައިސް ރެކްޓަރ، ޑރ. އަލީ ނަޖީބް

މިހާތަނަށް 66 އިންސްޓިޓިއުޝަންއެއް ނުވަތަ ޔުނިވާސިޓީ އެއް ކޮލެޖެއް ނޫނީ ސްކޫލެއް އެ ކޮލެޓީ އެޝުއަރެންސް ތެރޭގައި ހިމެނިފައި ވާކަން ފާހަގަކުރައްވާ ނަޖީބް ވިދާޅުވީ މިއީ ރާއްޖޭގެ ކޮލެޖެއްގެ ބިޒްނަސް ސްކޫލެއް މި ސައުތް އޭޝަން ކޮލެޓީ އެޝުއަރެންސް ސިސްޓެމްސްގެ ދަށުން އެކްރިއޭޓް ކުރެވިގެންދާ ފުރަތަމަ ފަހަރު ކަމަށެވެ.

ނަޖީބް ވިދާޅުވީ އެއީ ރާއްޖެއަށް ލިބުނު ފަހުރެއް ކަމަށް އޭނާ ގަބޫލުފުޅުކުރައްވާކަމަށެވެ.

އެހެންވީމަ އަޅުގަނޑު ހިތުން އެއީ ދިވެހިރާއްޖެއަށް ވެސް ލިބިގެންދިޔަ ބޮޑު ފަހުރެއް"

ވިލާ ކޮލެޖްގެ ވައިސް ރެކްޓަރ، ޑރ. އަލީ ނަޖީބް

މި އެކްރިޓޭޝަންގެ ދަށުން ގާސިމް އިބްރަހިމް ސްކޫލް އޮފް ބިޒްނަސްގެ 13 ޕްރޮގުރާމް އެއް ހިމެނިފައިވާކަމަށް ނަޖީބް ވިދާޅުވިއެވެ.

އެ ޕްރޮގުރާމް ތަކަކީ، މާސްޓާ އޮފް އާޓްސް އިން ހިއުމަން ރިސޯސް މެނޭޖްމެންޓް، މާސްޓާ އޮފް ބިސްނަސް އެޑްމިނިސްޓްރޭޝަން، މާސްޓާ އޮފް ސައިންސް އިން އޭވިއޭ ޝަން މެނޭޖްމެންޓް، މާސްޓާ އޮފް ސައިންސް އިން ޕްރޮޖެކްޓް މެނޭޖްމެންޓް، މާސްޓާ އޮފް ޕްރޮފެޝަނަލް އެކައުންޓިން، ބެޗްލަރ އޮފް އާޓްސް އިން ބޭންކިން އެންޑް ފައިނޭންސް، ބެޗްލަރ އޮފް އާޓްސް އިން ހުމަން ރިސޯސް މެނޭޖްމެންޓް އެންޑް ޑިވަލޮޕްމެންޓް، ބެޗްލަރ އޮފް އާޓްސް އިން ބިސްނަސް އެންޑް އޭވިއޭޝަން މެނޭޖްމެންޓް، ބެޗްލަރ އޮފް އާޓްސް އިން ބިސްނަސް އެންޑް ޕްރޮޖެކްޓް މެނޭޖްމެންޓް، ބެޗްލަރ އޮފް އާޓްސް އިން ބިސްނަސް މެނޭޖްމެންޓް، ބެޗްލަރ އޮފް އާޓްސް އިން ބިސްނަސް މެނޭޖްމެންޓް އެނޑް މާކެޓިން، ބެޗްލަރ އޮފް ސައިންސް އިން އެކައުންޓިން އެނޑް ފައިނޭންސް، ބެޗްލަރ އޮފް އާޓްސް އިން ޓޫރިސަމް އެނޑް ހޮޓެލް މެނޭޖްމެންޓް"

ވިލާ ކޮލެޖްގެ ވައިސް ރެކްޓަރ، ޑރ. އަލީ ނަޖީބް

ނަޖީބް ވިދާޅުވީ މިކަން އެހާ މުހިންމުވަނީ ގިނަ ކުދިންތަކެއް ކިޔަވާ ތަނަކަށް ވުމުގެ އިތުރުން ގިނަ ޕްރޮގުރާމްތަކެއް ހިނގާ ތަނަކަށް ވިލާ ކޮލެޖް ވެފައިވާތީކަމަށެވެ.