މިއަހަރުގެ ރަމަޟާން މަހުގެ ދެވަނަ ހަފްތާގައި 37 އެކްސިޑެންޓެއް ހުޅުމާލެ ފޭސް 1 ގައި ހިނގާފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖުމްލަ 108 އެކްސިޑެންޓު ވަނީ މި އަހަރުގެ ފެބްރުއަރީ 25 އިން ފެށިގެން މަރޗް 3 އާ ހަމައަށް ހިނގާފައެވެ. މި އަދަދަކީ 2025 ވަނަ އަހަރުގެ 8 މާޗް އިން 14 މާޗް އަށް ހިނގާފައިވާ އެކްސިޑެންޓުތަކާ އެއް އަދަދެއް ކަމަށް ފުލުހުން ބުނެއެވެ.

ދެ އަހަރުވެސް އެންމެ ގިނަ އެކްސިޑެންޓުތައް ހިނގާފައިވަނީ ހުޅުމާލެ ފޭސް 1 ގައި އެވެ. އެގޮތުން މި އަހަރު 37 އެކްސިޑެންޓު ހިނގާފައިވާކަމަށާއި 2025 ވަނަ އަހަރު 35 އެކްސިޑެންޓު ވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން މި އަހަރުގެ މި މުއްދަތުގައި ހިނގާފައިވާ އެކްސިޑެންޓުތަކަށް ބަލާލާއިރު އަމީނީ މަގުގައި 4 އެކްސިޑެންޓު، މަޖީދީ މަގުގައި 10 އެކްސިޑެންޓު، ބޮޑުތަކުރުފާނު މަގުގައި މަގުގައި 18 އެކްސިޑެންޓު، ސިނަމާލެ ބުރިޖު އަދި ހައިވޭ ގައި 10 އެކްސިޑެންޓު، ހުޅުމާލެ ފޭސް 2 ގައި 12 އެކްސިޑެންޓު، އެހެނިހެން ތަންތަނުގައި 27 އެކްސިޑެންޓު، އަދި ބޮޑުތަކުރުފާނު މަގު، ލޯކަލް މާުކޭޓް ސަރަހައްދުގައި 4 އެކްސިޑެންޓު ހިނގާފައިވެއެވެ.

ފުލުހުން ވަނީ ބައެއް މަގުތަކުގައި އެކްސިޑެންޓު ތަކުގެ އަދަދު ދައްވެފައިވާކަން ފާހަގަކޮށްފައެވެ.