އަލަށް ހުޅުވި މިސްކިތްތަކަށް ސަޢުދީ ޢަރަބިއްޔާއިން ހަދިޔާކުރި މުސްޙަފްތައް ފޯރުކޮށްދީފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި މުސްޙަފްތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަލަށް ހުޅުވުނު މިސްކިތްތަކަށް ފޯރުކޮށްދީފައިވާ ކަމަށެވެ.
އެގޮތުން މުސްޙަފް ފޯރުކޮށްދީފައިވާ މިސްކިތްތަކަކީ:
މަސްޖިދު ޝަހީދު ޢުމަރު އަޙްމަދު (ހއ. ދިއްދޫ އިސްލާމީ މަރުކަޒު)
މަސްޖިދުއް ސިއްދީޤް (ޅ. ކުރެންދޫ) މަސްޖިދުއްތަޢުބާ (ނ. މަނަދޫ) މަސްޖިދު ރައްޔާން (ސ. މަރަދޫ) މަސްޖިދުލް ނޫރު (ށ. ފޯކައިދޫ) މަސްޖިދުލް އިޚްލާސް (ޅ. އޮޅުވެލިފުށި) ތުނޑީ ބަނދަރު މިސްކިތް (ލ. ގަން) މަސްޖިދު ޒުވައިދާ އަޙްމަދު (ހއ. އިހަވަންދޫ)
މަސްޖިދު އީމާން (ހުޅުމާލެ ފޭސް 2) މަސްޖިދުލް ރަޙްމާ (އދ. އޮމަދޫ) މަސްޖިދު މުޙައްމަދު ޤާސިމް (ނ. ކުޑަފަރި)
މަސްޖިިދު ޝަމީމާ ޢަބްދުﷲ (ނ. ކެނދިކުޅުދޫ)
މަސްޖިދުލް ސަލާމް (ލ. ގަން) މަސްޖިދު ޔޫސުފުލް ބަރުބަރީ (މާލެ ސިޓީ)
މިނިސްޓްރީން ބުނީ މި ރަމަޟާން މަހުގެ ކުރިއަށް މަސައްކަތް ނިންމާ އެ މިސްކިތްތައް ހުޅުވާފައިވާއިރު، ކޮންމެ މިސްކިތަކަށް ސަޢުދީ ޢަރަބިއްޔާއިން ހަދިޔާކުރި މުސްޙަފް ފޯރުކޮށްދީފައިވާ ކަމަށެވެ. 2025 ވަނަ އަހަރު ސަޢުދީ ޢަރަބިއްޔާއިން ވަނީ ދެބުރެއްގެ މަތިން ދިވެހިރާއްޖެއަށް 50،500 މުސްޙަފް ހަދިޔާކޮށްފައެވެ.
އެ މުސްޙަފްތައް ބެހުމަށް ހަމަޖެހިފައިވަނީ ކީރިތި ޤުރުއާން ހިތުދަސްކުރާ ކުލާސްތަކަށާއި މިސްކިތްތަކަށާއި އިސްލާމީ މަރުކަޒުތަކަށެވެ. އެގޮތުން އެކި ޤުރުއާން ކުލާސްތަކަށް މިނިސްޓްރީން އަންނަނީ މުސްޙަފްތައް ހަދިޔާކުރަމުންނެވެ.
ސަޢުދީ ޢަރަބިއްޔާއިން މުސްޙަފް ހަދިޔާކުރުމަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް ދެމެހެއްޓުމަށް ޚާއްސަ ސަމާލުކަމެއްދޭ ކަމެއްކަން ހާމަވަގެންދާ ކަމެކެވެ.