13 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަނޑު މަގުންނާއި ވައިގެ މަގުން ރާއްޖެއަށް އެތެރެކުރިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފިއެވެ.

ކަނޑުމަގުންނާއި ވައިގެ މަގުން 13 ކިލޯއަށްވުރެ ގިނަ ޑްރަގު އެތެރެކުރި ބަޔަކު ހައްޔަރުކޮށްފި
ކަނޑުމަގުންނާއި ވައިގެ މަގުން 13 ކިލޯއަށްވުރެ ގިނަ ޑްރަގު އެތެރެކުރި ބަޔަކު ހައްޔަރުކޮށްފި

ފުލުހުން ބުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކާ އަދި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދިވެއްސަކާއި އިންޑިޔާގެ 2 މީހަކު މިމަހުގެ 3 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފައިވާކަމަށެވެ.

ކަނޑުމަގުންނާއި ވައިގެ މަގުން 13 ކިލޯއަށްވުރެ ގިނަ ޑްރަގު އެތެރެކުރި ބަޔަކު ހައްޔަރުކޮށްފި
ކަނޑުމަގުންނާއި ވައިގެ މަގުން 13 ކިލޯއަށްވުރެ ގިނަ ޑްރަގު އެތެރެކުރި ބަޔަކު ހައްޔަރުކޮށްފި

އެގޮތުން މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ގައްދޫ / ހިތިލާގެ، އުމުރުން 28 އަހަރުގެ ޢަލީ ޢިރުފާނު އާއި އިންޑިއާގެ އުމުރުން 19 އަހަރުގެ ދަނޫޝްކާނދަން ގޯޕާލް ގެ އިތުރުން އިންޑިއާގެ އިމުރުން 21 އަހަރުގެ ކަތިރިވިލް މަނިމަރަން،އެވެ.

ފުލުހުން ބުނީ، މި ތިން މީހުންނަކީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ތިން މީހުން ކަމަށެވެ.

މިމައްސަލައާ ގުޅިގެން މި 3 މީހުންގެ ބަންދާމެދު ގޮތެއް ނިމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަލީ ޢިރުފާނު ޝަރީއަތް ނިމެންދެން އަދި އަނެއް ދެ މީހުން ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނީ ކިލޯ އަކަށް ވުރެން ގިނަ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ދެ މީހަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ އުމުރުން 25 އަހަރުގެ ޖައިނަބު ވާޖިދު ޢަލީ އާއި އިންޑިއާގެ އުމުރުން 21 އަހަރުގެ މުޙައްމަދު ނަވާޒް ދަޔަތަރު އެވެ.

ފުލުހުން ބުނީ އިންޑިއާއިން ރާއްޖެއައި މި ދެ މީހުންނަކީ ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ފުލުހުންނާ ހަވާލުކުރި ދެ މީހުން ކަމަށެވެ.

މީގެއިތުރުން ކަނޑުމަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ބޭނުންކޮށް ގެންގުޅެ އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކަމަށެވެ.

އެގޮތުން މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ މާލެ، މއ. ތަރިޖެހިއާގެ އުމުރުން 25 އަހަރުގެ ޢިސްމާއީލް އަބާން ޢަބްދުﷲ އާއި ސ. މަރަދޫ / ރަތްމާގެ، އުމުރުން 19 އަހަރުގެ އަޙްމަދު ދާން ފަރްހޫދު އެވެ.

ފުލުހުން ބުނީ، މި ދެމީހުން ހައްޔަރުކޮށްފައި ވަނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަންގައި މި މަހު 5 ވަނަ ދުވަހު ކަމަށާއި، މި ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު ހަ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަތައް ފުލުހުން ދަނީ އިތުރަށް ބަލާ ތަހުގީގު ކުރަމުންނެވެ.