ލ. ގަމުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކަށް ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ލ. ގަން، ތުނޑި، މާފަތް މަގާއި އިޖުތިމާއީ ހިނގުން ގުޅުނު ހަތަރު އަނގޮޅީގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓުވެފައިވާ މައްސަލަ ރޭގެ 9:39 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި އެ އެކްސިޑެންޓުގައި ހިމެނޭ ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ ހާދިސާގެ އިތުރު ތަފްސީލެއް އަދި ލިބުނު އަނިޔާ ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.