ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓައިފިއެވެ.

ކަސްޓަމްސް އިން ބުނީ، މި ތަކެތި އަތުލައިގަތީ، މިމަހުގެ 5 ވަނަ ދުވަހު މާލޭ ކޮމަރޝަލް ހާބަރުން ކަމަށާއި، ކަނޑުމަގުން ރާއްޖެއަށް ސިއްރުން އެތެރެކުރަން މަސައްކަތްކޮށްފައިވަނީ 99،000 ސިނގިރޭޓް ސްޓިކްސްކަމަށެވެ.

މި އަހަރުގެ މިހާތަނަށް ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރަން އުޅުނު 2 މިލިޔަން ސިނގިރޭޓު ކަސްޓަމްސްއިން ވަނީ އަތުލައިގެންފައެވެ.