ހައިވޭގައި 2 ކާރު އަދި 2 ސައިކަލު ޖެހިގެން އެކްސިޑެންޓެއް ހިނގާފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ އެކްސިޑެންޓު ހިނގާފައިވަނީ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅީގައި ކަމަށެވެ. އަދި އެ މައްސަލަ ރިޕޯޓު ކޮށްފައިވަނީ މާޗް 6 ވަނަ ދުވަހުގެ ރޭ 12:00 ހާއިރު ކަމަށެށް ބުނެއެވެ.

އެ އެކްސިޑެންޓުގައި، ދެ މީހަކަށް އަނިޔާވެފައިވާކަން ފާހަގަކޮށް ފުލުހުން ބުނީ އެ މީހުން އައިޖީއެމްއެޗް އަށް ގެންގޮސް، ފަރުވާދޭން ފަށާފައިވާކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާކަމަށެވެ.