ހިދުމަތް ދިނުމުގައި ދިމާވާ ލަސްތައް ހައްލުކުރުމަށް ސިއްހީ ނިޒާމުގެތެރެއިން ދަނީ މަސައްކަތް ކުރަމުން ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމުހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު މިފަދައިން ވިދާޅުވީ، މާލެ ހުޅުމާލެ ހޮސްޕިޓަލުގެ އޯޕީޑީ ގެ ހިދުމަތް ބަލި މީހުންނަށް ދިނުމުގައި ލަސްކަން ފާހަގަކުރެވޭ ކަމަށާއި، އެގޮތުން ޑޮކްޓަރަށް ދައްކާ މީހުންނަށް ބޮޑު ތަކުލީފަކަށް ވެގެންދާތީ އެކަމަށް ހައްލެއް ލިބޭނީ ކޮން އިރަކުން ތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ވަޒީރު ވިދާޅުވީ، ސއްހީ ހިދުމަތުގައި ފަރުވާ ހޯދަންދާ މީހުންނަށް އަވަސް ހިދުމަތެއް ލިބުމަކީ މުހިންމު ކަމެއް ކަމަށާއި، އެހެން ނަމަވެސް ހިދުމަތް ލިބުމުގައި ލަސްތަކެއް ވެގެން ދާކަމުގެ ޝަކުވާ އަކީ އެ އިދާރާއަށް ލިބެމުން އަންނަ ޝަކުވާއެއް ކަމަށެވެ. އެހެން ކަމުން ނިޒާމުގެ ތެރެއިން އެކަންކަން ރަނގަޅު ކުރަމަށް މަސައްކަތް ކުރަމުން ދާކަމަށް ވަޒީރު ވިދާޅުވިއެވެ.

" އެއްކަމަކީ ނިޒާމަށް އިތުރު މުވައްޒަފުން ހަޔާ ކުރުން. އަނެއް ކަމަކީ، އެ ތަނުގެ އެސްއޯޕީސްތަށް ސްޓްރެންތަން ކުރުން ޑިޕާޓްމެންޓުތަކުން ހިންގާ، އެގޮތުން އެނގިވަޑައިންނަވާނެ ފަދައިން މިދިޔަ އަހަރު އެކަނި ހެލްތް ސެކްޓާއަށް 1500 ވުރެ ގިނަ މުވައްޒަފުން ވަނީ އިތުރު ކުރެވިފަ" ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް

ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް

ވަޒީރު ވިދާޅުވީ، މުވައްޒަފުން މަދުވުމުގެ ސަބަބުން ބަލި މީހުންނަށް ހިދުމަތް ލިބުމުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. އަދި ހިދުމަތް ދޭން ހޮސްޕިޓަލުތަކުގައި ބޭނުން ކުރާ މެޝިނަރީސް ނެތުމަކީ ވެސް ހިދުމަތް ލިބުމުގައި ގޮންޖެހުމާއި ކުރިމަތިލާން ޖެހޭ ކަމެއް ކަމުގައި ވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ބަލި މީހުންނަށް ހިދުމަތް ދިނުމުގައި ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން އައިޖީއެމްއެޗް އާއި ހުޅުމާލެ ހޮސްޕިޓަލުގެ އިތުރުފެސިލިޓީސްތަށް ވެސް މިހާރު ގާއިމްކުރެވިފައި ވާކަމަށެވެ.