މަސްތުވާތަކެތީގެ މައްސަލައެއްގައި ތައިލެންޑުގައި ބަންދުކޮށްފައި ހުރި ދިވެއްސަކު ޖަލުގައި އޮއްވާ ނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ ހާދިސާގައި ނިޔާވެފައިވަނީ ތ. ގުރައިދޫ، ފަނާރު، އިބްރާހީމް ނަބީހު ނަސީމް (22އ) ކަމަށެވެ.

ނަބީހަކީ 2024 ފެބުރުވަރީ 22 ވަނަ ދުވަހު ތައިލެންޑުގެ ޑޮން މުއެންގް އިންޓަނޭޝަނަލް އެއާޕޯޓުން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހެއް ކަމަށާއި، އޭނާ ހައްޔަރުކުރި ފަހުން މިހާތަނަށް ހުރީ އެ ގައުމުގެ ބަންދުގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އޭނާ ނިޔާވި ސަބަބާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެވެ ނުވެއެވެ.