ހުރަވީ ބިލްޑިންގް ހުރި ބިމުގައި 224 ސައިކަލުގެ ޕާކިން ޒޯނެއް މިއަދު ހުޅުވައިފިއެވެ.

އެ ޒޯނަކީ ހަމައެކަނި ސައިކަލުތަކަށް ހާއްސަ ޕާކިން ޒޯނެކެވެ.

އެ ސަރަހައްދަކީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ އަދި އާންމުން ގިނަ އަދަދަކަށް ހިދުމަތް ހޯދުމަށް ޒިޔާރަތްކުރާ ސަރަހައްދެކެވެ. އެހެންކަމުން އެ ޒޯނުގެ ސަބަބުން ޕާކިންއަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ބެލެވެއެވެ.

ސަރުކާރުގެ ބައެއް އޮފީސްތައް ވެސް ހިންގަމުން އައި 35 އަހަރުވީ ހުރަވީ ބިލްޑިންގް ތަޅާލީ ޖޫން 2022 ގަ އެވެ.

އެ އިމާރާތް ތަޅާލީ ވަރަށް ބޮޑަށް ރެނދުލައި އިމާރާތުގެ ބައިތައް މަގުމައްޗަށް ވެއްޓޭ ހިސާބަށް ނުރައްކާ ބޮޑުވުމުންނެވެ.

މާލޭގެ ޕާކިން މައްސަލަ ޙައްލުކުރުމަށް، މާލޭ ސަރަޙައްދުގައި ޕާކިން ބިލްޑިންގްތައް އެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.