ދިވެހީން މި ވަޠަނުގައި އުޅޭތާ އެތައް ސަތޭކަ އަހަރެއް ވެއްޖެކަން ބުނެދިނީ ދިވެހި ތާރީޚު ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޤައުމީ ތާރީޚްގެ ދުވަހުގެ މުނާސަބާގައި މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މާޒީގެ ވާހަކަތަކުގެ އެންމެ ޖުމްލައަކުން، ދިވެހި ކާބަފައި ޒަމާނުގެ އެންމެ ތަޞްވީރަކުން، ނުވަތަ ފެންނާންހުރި ޤަދީމީ އެންމެ އާޘާރަކުންވެސް އެ ކިޔައިދެނީ އެތައްހާސް ވާހަކައެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި އެ މަގުދައްކަނީ ޙަޔާތުގެ އެތައްއެތައް ޢިބްރަތަކާއި ޙިކްމަތަކަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ ދިވެހީން މި ވަޠަނުގައި އުޅޭތާ އެތައް ސަތޭކަ އަހަރެއް ވެއްޖެކަން ބުނެދިނީ ދިވެހި ތާރީޚު ކަމަށެވެ.
ހަމައެހެންމެ އަމިއްލަވަންތަ މިނިވަން ޤައުމެއްގެ ގޮތުގައި، އަންނާން އޮތް ޒަމާންތަކުގައި އަޅުގަނޑުމެން ދެމިތިބުމަށް އޮތް އެންމެ އާރުލާ އެއް ސަބަބަކަށް ވާނީވެސް ދިވެހި ތާރީޚު ކަމަށް ރައީސްގެ ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.