މާރުކޭޓުގައި ތަކެތީގެ އަގުތައް މި ރޯދަމު ދަށްވެއްޖެއެވެ.

ރަމަޟާން މަހާ ދިމާކޮށް މާރުކޭޓުތަކުގައި އާންމުކޮށްވެސް ތަކެތީގެ އަގުތަކަށް ބަދަލު އަންނަ ކަން ފާހަގަކޮށްލެވެއެވެ. އަދި ދަތުރުވެރިންގެ މާރުކޭޓުގައި ތަކެތީގެ އަގުތައް ދަށްވެފައިވާކަމަށް ބުނެއެވެ.

އެގޮތުން މިއަދުއެ މާރުކޭޓުގައި އަނބު ކިލޯއެއް 85 ރުފިޔާއަށް، ކުރުނބާ އެއް 40 ރުފިޔާ އަށް، މިރުސް 100 ގްރާމް 15 ރުފިޔާއަށް، ރީނދޫ ކަރާ 30 އަށް ކިލޯ، އާދައިގެ ކަރާ 25 ރުފިޔާއަށް ކިލޯ، ލުނބޯ 70 ކިލޯއެއް 70 ރުފިޔާއަށް އަދި ބަށި ކިލޯ އެއް 65 ރުފިޔާއަށް ލިބޭ ކަން ފާހަގަކޮށްލެވެއެވެ.

ވީނިއުސް އަށް މައުލޫމާތުދެމުން މާރުކޭޓުގެ ގޮޅިއެއްގެ ސޭޓެއް ބުނީ ތަކެތީގެ އަގު ދަށް ވެފައިވާކަމަށެވެ.

"މި ފަހަރު ރޯދަމަހު އެއްޗެހި އަގު ހެޔޮ އެހެން ރޯދަ މަސްތަކަށް ވުރެއް"

ސޭޓު

މީގެ އިތުރުން ވަޅޯމަސް މާރުކޭޓުގައި، މަސް 70 އަށް 75 އަށް އަދި 80 އަށް ވިއްކާއިރު ރިހާކުރު 240 ރުފިޔާ އަށް، ކޮށި މަސް 100 ރުފިޔާ އަށް 1/2 ކިލޯގެ އިތުރުން 40 ރުފިޔާ އަސް މަސް ފަޅިއެއް ވިއްކައެވެ.

މި އަހަރުގެ ރޯދަމަހުވެސް ތަފާތުއެކި ބާވަތްތަށް މާރުކޭޓުން ލިބެންހުރި އިރު އެތަކެތީގެ އަގުތަކަށް ބަދަލުތައް އަންނަމުންދާކަން ފާހަގަކޮށްލެވެއެވެ.