މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ އިން ރަމަޟާން މަހުގެ ފަހު 10 ގައި ހިދުމަތް ދޭނެ ވަގުތުތައް އާންމުކޮށްފިއެވެ.
އެމްއެމްއޭ އިން އާންމުކޮށްފައިވާ ބަޔާނެއްގައި ބުނީ 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފަހު 10 ގައި ސަރުކާރު ބަނދުވުމާ ގުޅިގެން، އާންމުންނަށާއި ބޭންކުތަކަށް ހިދުމަތް ދިނުމަށް ވަކި ދުވަސްތަކަކާއި، ވަގުތުތަކެއް ހަމަޖައްސަފައިވާކަމަށެވެ.
އެގޮތުން، 11 މާރިޗާއި، 18 މާރިޗު ގައި ހެނދުނު 9:00 އިން މެނދުރު ފަހު 1:00 އަށް ހިދުމަތްތަށް ދޭނެކަމަށް އެމެއެމެއޭ އިން މައުލުމާތުދެއެވެ.
އެ ދުވަސްތަކުގައި، ބޭންކިން ހިދުމަތްތްކާއި، ސިޓީއާއީ ތަކެތި ބަލައިގަތުމަށް ހަމަޖައްސާފައިވަނީ ވަކި ގަޑި ތަކެއްގައި ކަން ފާހަގަކޮށް އެމްއެމްއޭ އިން ބުނީ ބޭންކިން ހިދުމަތް (ފައިސާ ބަލައިގަނެ ދޫކުރުމުގެ ހިދުމަތް) އަދި ސިޓީ އާއި ތަކެތި ބަލައިގަތުމުގެ ހިދުމަތް ދޭން ހަމަޖައްސާފައިވަނީ ހެނދުނު 9:30 އިން މެނދުރު 12:00 އަށް ކަމަށެވެ.
އެމްއެމްއޭ އިން ވަނީ ހިދުމަތް ހޯދަން އަންނަ އާންމު ރައްޔިތުން މި ގަޑިތަކަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.