ހުޅުމާލޭ ސެންޓްރަލް ޕާކުގައި މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ.
އެއީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެމީހުން ކަމަށްވާ 35 އަހަރުގެ މުހައްމަދު މޮޝަރޮފް އާއި 36 އަހަރުގެ ނަޔަން މިއާ އެވެ.
އެ ދެ މީހުންގެ ބަންދަށް ކޯޓުން ހަތް ދުވަސްޖަހާފައި ވާއިރު ތުހުމަތުވާ ކުށް ކުރި ކަމަށް ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅައިފައިވާ ކަމަށް ކޯޓް އަމުރުގައި ބުނެފައި ވެއެވެ.
އަދި އެ މާރާމާރީގައި އިތުރު ބައެއްގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް އަމުރުގައި ވެއެވެ.
މީގެ އިތުރުން ފުލުހުންވެސް ކޯޓުގައި ބުނީ އެ މާރާމާރީގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ އިތުރު ދެ މީހަކު ފިލާފައިވާ ކަމަށެވެ.