މީހަކު ރަހީނުކޮށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރު ކޮށްފިއެވެ.
ފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން މީޑިއާ ތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހުއްދަނޫން ގޮތުގައި މީހަކު ހިފަހައްޓާފައިވާ މައްސަލައެއް 2026 ފެބްރުއަރީ 19 ވަނަ ދުވަހުގެ ރޭ ދަންވަރު 01:22 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ އިގުބާލް މިއާ (35އ) ކަމަށެވެ.
ތަހުގީގުގެ ތެރެއިން ކުރި މަސައްކަތުން، އެ މީހާ މާލޭގައި ހުރި ތަން ދެނެގަނެ، އެތަނަށް ބާރުގެ ބޭނުންކޮށްގެން ވަދެ ހިފަހައްޓާފައިހުރި މީހާ ވަނީ އެރޭ 02:29 އެހައިކަންހާއިރު ސަލާމަތްކޮށްފައިކަން ފާގަކޮށް ފުލުހުން ބުނީ އެމީހާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ވެފައި ނުވާކަމަށެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާކަމަށާއި އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ މާޗް 22 ވަނަ ދުވަހަށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ކޯޓު އަމުރުގައި ބުނީ ތުހުމަތު ކުރެވޭ ކުށް އޭނާ ކުރި ކަމަށް އެކަށީގެންވާ ހެކި ހުށަހަޅާފައިވާ ކަމަށެވެ. މީގެ އިތުރުން އޭނާއަކީ އިމިގްރޭޝަންގެ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެއް ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައި ވާކަމަށްވެސް ފުލުހުން ބުނެއެވެ.
އިގުބާލް މިއާއަށް ކުރަނީ ބިދޭސީއަކު ރަހީނުކޮށްގެން ގެންގުޅެ އަނިޔާކޮށްފައިވާކަމުގެ ތުހުމަތު ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށްވެސް ފުލުހުން ބުނެއެވެ.