ޗައިނާއަށް މަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރަން 13 ފަރާތެއް ރަޖިސްޓްރީކޮށްފިއެވެ.
ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން ފެށީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1ވަނަ ދުވަހުން ފެށިގެންނެވެ. މިއީ ރާއްޖެއިން އަމަލުކުރަން ފެށި މިނިވަން ވިޔަފާރީގެ ފުރަތަމަ އެއްބަސްވުމެވެ. އެއްބަސްވުމަށް އަމަލުކުރަން ފެށިތާ 1 އަހަރުވީއިރު މިއީ ރާއްޖެއާއި ޗައިނާއާ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ގިނަ ފުރުސަތުތަކަކަށް މަގު ފަހިވި އާންމު ރައްޔިތުންނަށްވެސް ގިނަ ފައިދާތަކެއް ލިބިގެންދިޔަ އެއްބަސްވުމަކަށް ވަނީ ވެގެންގޮސްފައެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ޗައިނާއާއެކު ރާއްޖެއިން ސޮއިކުރީ 2014 ވަނަ އަހަރުއެވެ. ނަމަވެސް މި އެއްބަސްވުމަށް އަމަލުކުރަން ފަށާފައި މިވަނީ 2025 ވަނަ އަހަރުއެވެ.
މިއެއްބަސްވުމަކީ ދިވެހި ވިޔަފާރިވެރިންނަށާއި، އެކްސްޕޯޓަރުންނަށާއި، އަދި ޚާއްސަކޮށް އާންމުން ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ އެއްބަސްވުމެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ކޮންސަލްޓެންޓް ޝުހާދު އިބްރާހިމް ވިދާޅުވީ، މިހާރު ރާއްޖޭގެ ގިނަ ބަޔަކު ޗައިނާއަށް މުދާ އެކްސްޕޯޓްކުރުމަށް އެޤައުމުގައި ރަޖިސްޓްރީކޮށްގެން އެމަސައްކަތް ކުރަމުން އަންނަކަމަށެވެ.