ދެކުނު ކޮރެއާގައި 2024 ވަނަ އަހަރު އަސްކަރީ ގާނޫނު ހިންގި މައްސަލައިގައި އެ ގައުމުގެ ކުރީގެ ރައީސް ޔޫން ސުކް-ޔޮލް އުމުރަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ. ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުން އުމުރުން 65 އަހަރުގެ ޔޫންގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަސްކަރީ ވެރިކަން ތަންފީޒު ކުރަން އޭނާ މަސައްކަތް ކުރި މައްސަލައިގަ އެވެ.

ޔޫންގެ އަމުރު އެންމެ ހަ ގަޑިއިރަށް ދެމިގެން ދިޔަ ނަމަވެސް، މުޅި ގައުމު ގުޑުވާލިއެވެ.

އޭގެ ސަބަބުން ދެކުނު ކޮރެއާ ވެސް ބައިބައިވެގެން ދިޔައެވެ.

މީގެ އިތުރުންހުކުމް އިއްވުމުން ޔޫންއަށް ތާއީދުކުރާ އެތައް ހާސް ބަޔަކު ވަނީ ކޯޓުގެ ބޭރުގައި އެއްވެ އޭނާ މިނިވަން ކުރުމަށް ގޮވާލާފައެވެ.

ޔޫން އަށް އުމުރުދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވާއިރު، އޭނާގެ އަނބިކަނބަލުން ކިމް ކިއޮން ހީގެ މައްޗަށް އުފުލާފައިވާ ރިޝްވަތުގެ މައްސަލަ ސާބިތުވެ އޭނާ ވަނީ 1 އެއް އަހަރާއި އަށް މަސް ދުވަހަށް ޖަލަށް ލާން މިދިޔަ ވަނީ ހުކުމްކޮށްފައެވެ.

މީގެ އިތުރުން އަސްކަރީ ގާނޫނު ތަންފީޒުކުުރުމުގެ މަސައްކަތް ކުރުމާއި، ދޮގު ލިޔެކިޔުންތައް އުފެއްދިކަން ސާބިތުވުމުން ކުރީގެ ބޮޑުވަޒީރު ހާން ޑަކް ސޫގެ މައްޗަށްވެސް 23 އަހަރުގެ ޖަލު ހުކުމެއް ކޯޓުން ވަނީ އިއްވާފައެވެ.