އިނގިރޭސި ވިލާތުގެ ކުރީގެ ޕްރިންސް އެންޑްރޫ މައުންޓްބެޓެން-ވިންޑްސަރ ހައްޔަރު ކޮށްފިއެވެ.
ރިޕޯޓުތައް ބުނާގޮތުން އެންޑްރޫ ހައްޔަރުކޮށްފައި ވަނީ ކުޑަ ކުދިންނަށް ޖިންސީ ގޯނާކުރުމާއި އެއް ޖިންސުން ގުޅުން ހިންގުމާއި ކުޑަކުދިންގެ ބަރަހަނާ ފޮޓޯ ނަގައި ބަރަހަނާ މަންޒަރު ވީޑިއޯ ކުރުމާއި ޝައިތާނާއަށް އަޅުކަން ކުރުންފަދަ މުޑުދާރު އެތައް އަމަލުތަކެއްގެ މައްސަލައިގައި ޖަލަށްލާފައި ވަނިކޮށް މަރުވި އިސްރާއީލުގެ ޖާސޫސީ އެޖެންޓެއް ކަމަށްވާ އެމެރިކާގެ ބިލިޔަނަރު ޖެފްރީ އެޕްސްޓީން އާ އެކު ބޭއްވި ގުޅުންތަކެއް ފެންމަތިވުމާއި ގުޅިގެންނެވެ.
އެ ގައުމުގެ ގާނޫނުގައި އޮންނަ ގޮތަށް މައުންޓްބެޓަން-ވިންޑްސަރގެ ނަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ތެމްސް ވެލީ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ މި ތަހުގީގުގެ ދަށުން ނޯފޯކް އިން އުމުރުން 66 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.
އޭނާ ހައްޔަރު ކުރީ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ތުހުމަތުގައެވެ. ރިޕޯޓުތައް ބުނާގޮތުން އެ މައްސަލައާ ގުޅިގެން ބާކްޝަޔަރ އަދި ނޯފޯކްގެ ދެ އެޑްރެހެއް ފުލުހުން ދަނީ ބަލައި ފާސްކުރަމުންނެވެ.
ކުރީގެ ޕްރިންސް އެންޑްރޫއަށް، އެޕްސްޓައިންއާ އޮތް ގުޅުމުގެ ސަބަބުން ފާއިތުވި އަހަރުތަކުގައި ބޮޑެތި ޕްރެޝަރުތަކެއް ވަނީ ކުރިމަތިވެފައެވެ. އެންޑްރޫ ވަނީ މި މައްސަލައިގައި ކުރަމުން އަންނަ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.