ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ގޭންގު ހޮޓްސްޕޮޓްސްގެ ގޮތުގައި ފާހަގަކުރެވޭ ސަރަހައްދުތައް 390 ފަހަރު ބަލައިފާސްކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

ފުލުހުން އެކްސް ގައި އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނީ ގޭންގު ހޮޓްސްޕޮޓްސްގެ ގޮތުގައި ފާހަގަކުރެވޭ ސަރަހައްދުތައް ބަލައިފަސްކޮށް، 62 އިންޓަރެކްޝަން ހަދާފައިވާކަމަށެވެ.

އެގޮތުން ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި އެއް އުޅަނދެއް ޗެކްކޮށްފައިވާއިރު އެއް އުޅަނދު ޓޯކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތައް ފުޓްޕެޓްރޯލްކޮށް ބަލަހައްޓާފައިވާ ކަން ފާހަގަކޮށް ފުލުހުން ބުނީ ޖުމްލަ 7 ގަޑިއިރަށްވުރެ ގިނަ ވަގުތު ފުލުހުން ފުޓްޕެޓްރޯލް ކޮށްފައިވާނެ ކަމަށެވެ.

މި މަސައްކަތަކީ ގޭންގް ކްރައިމް ސަޕްރެޝަން ޑިޕާރޓްމަންޓުން، މާލޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކޮށްފައޮވާ މަސައްތްތަކެއް ކަމަށް މައުލޫމާތުދެއެވެ.